Roadha Mihaaru
ރާއްޖޭގައި ހުރެގެން ކިރާއިރަށް ވުރެ ތުރުކީގައި ބަރުވާނެ

ރާއްޖޭގައި ހުރެގެން ކިރާއިރަށް ވުރެ ތުރުކީގައި ބަރުވާނެ

22 މެއި 2023

ދަތުރެއް ނިންމާފައި އަންނައިރު ބަރުދަން އިތުރުވެފައި ހުރުމަކީ ބޮޑު ޝަކުވާއެކެވެ. އަހަރެމެން މި ބުނަނީ މާގިނައިން ކެވުނީމާ ވީ ގޮތެއް ކަމަށެވެ. އެކަަމަކު މިހެން ދިމާވާ ސައިންޓިފިކް ސަބަބުތަކެއް އެބަހުރިކަން ނާސާގެ ސައިންސްވެރިން ވަނީ ހޯދައިފި އެވެ.

އެއް ގައުމުގައި ލުއިވެފައި އަނެއް ގައުމުގައި ބަރުވުމެވެ.

ގްރެވިޓޭޝަން ނުވަތަ ބިމަށް ދަމާ ބާރާ ބެހޭ ގޮތުން ސައިންސްވެރިން ކުރިން ދިރާސާއަަކަށް ފަހު ބުނެފައިވަނީ ބައެއް ގައުމުތަކުގައި ގްރެވިޓޭޝަން މާބޮޑަށް ހުރުމުން އެ ގައުމުތަކުގައި ބަރުދަން އިތުރުވެފައި ގްރެވިޓޭޝަން ދަށް ގައުމެއްގައި ނަމަ ބަރުދަން ލުއިވާނެ ކަމަށެވެ. މީގެ މާނަ ތިލަކޮށްލާ ނަމަ މި ބުނަނީ މީހަކު ކޮޅަށް ހުންނައިރު އެ މީހަކު ބިމާ ދިމާލަށް މާ ގަދަޔަށް ދަމާ ގައުމުތަކައި ކުޑަކޮށް ދަމާ ގައުމުތައް ހުރުމެވެ.

މި ހަމައިން ބަލާ ނަމަ ސައިންސްވެރިން ބުނަނީ ސްރީ ލަންކާ އަކީ ގްރެވިޓީ އެންމެ ދަށް ޕޮއިންޓްތައް ހުރި ހިސާބު ކަމަށް ވާތީ ލަންކާއަށްދާ މީހާ ލުއިވެފައި ތުރުކީއަށްދާ މީހާ ބަރުވާނެ ކަމަށެވެ. އެއީ ތުރުކީއަށް ގޮސް ބަކްލަވާ ކާތީއެއް ނޫނެވެ.

ދުނިޔޭގެ ހުރިހާ ހިސާބެއްގައި ގްރެވިޓޭޝަން ހުންނަނީ އެއްވަރަކަށް ނޫންކަން 1960ގެ އަހަރުތަކުގައި ނާސާއިން ވަނީ ހޯދައިފަ އެވެ. އެކަން އެންމެ ބޮޑަށް އެނގޭ އެއް ސަަބަބަކީ ހަމަ އެކައްޗެއް ދުނިޔޭގެ އެކި ހިސާބުގައި އުދުހޭއިރު ނުވަތަ ވެއްޓޭއިރު އޭގެ ބަރުދަން ތަފާތުކޮށް ހުރުމެވެ. މީގެ އެއް މިސާލަކީ ނިއު ޒީލެންޑުގައި ހުންނަ މީހެއްގެ ބަރުދަން 68 ކިލޯގްރާމްގައި ހުރެފައި އެ މީހާ ދިވެހިރާއްޖެއަށް އައިސް ކިރާއިރު ތިން ގްރާމް ލުއިވެފައި ހުރުމެވެ. ފެންނާނީ މިހާ ކުޑަ ތަފާތެކެވެ.

މި ޗާޓުގައި ރަތްކުލައިން އެ ފެންނަނީ ގްރެވިޓީ އެންމެ ވަރުގަދަ ހިސާބުތައް އަދި ނޫކުލައިން ފާހަގަވެފައި ވަނީ ގްރެވިޓީ ދަށް ހިސާބުތަައް

މި ޗާޓުގައި ރަތްކުލައިން އެ ފެންނަނީ ގްރެވިޓީ އެންމެ ވަރުގަދަ ހިސާބުތައް އަދި ނޫކުލައިން ފާހަގަވެފައި ވަނީ ގްރެވިޓީ ދަށް ހިސާބުތަައް

ނާސާގެ ދިރާސާއިން ދައްކާ ގޮތުގައި މުޅި ދުނިޔެއަށް ބަލާއިރު ވެސް ގްރެވިޓީ އެންމެ ދަށީ ލަންކާގެ އެންމެ ދެކުނު ކޮޅުގަ އެވެ. އެހެންވެ ގްރެވިޓީ އެންމެ ދަށް ސަރަހައްދުތަކުގެ ތެރެއަށް ދިވެހިރާއްޖެ ވެސް ލައްވާލަ އެވެ. ބޮޑަށް ރާއްޖޭގެ އުތުރެވެ.

ގްރެވިޓީ އެންމެ ވަރުގަދައީ ބޮލީވިއާ އާއި އެ ގައުމުގެ ވަށައިގެން ހުރި ހިސާބުތަކެވެ. ދިވެހިން އާންމުކޮށް ޗުއްޓީއަށް ގޮސް އުޅޭ ތުރުކީގައި ވެސް ގްރެވިޓީ ވަރަށް މައްޗެވެ. - އެހެންވެ، ރާއްޖޭން ތުރުކީއަށް ދާއިރު ހުރި ބަރުދަން އެ ގައުމުން އެނބުރި އައިސް ކިރާއިރު އިތުރު ނަމަ ތި ހުރީ ހަމަ ރަނގަޅަށް ވެސް ބަރުވެފަ އެވެ.

ދިވެހިން މި ތިބީ ބަރުދަން ލުއި ކަމަށް ދައްކާ ހިސާބެއްގައި ކަމަށް ވިޔަސް މި އުޅެނީ ބަރުވާ ވަރުން ސަލާމަތް ނުވެގެންނެވެ. ރަނގަޅު ކާނާ ކެއުމާއި ކަސްރަތަށް އިސްކަންދޭންވީ އެވެ.