ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށުމަށް އަންނަ މަހުގެ ހަ ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާތީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މިއަދު ކަނޑައަޅައިފި އެވެ.
15 ޖެނުއަރީ 2025
ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށުމަށް އަންނަ މަހުގެ ހަ ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާތީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މިއަދު ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮންމެއަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާ ކަމަށެވެ.
މިގޮތަށް ހަމަޖެއްސުމާ ގުޅިގެން ރައީސް، މަޖިލީހަށް މި އަހަރު ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާ، ފެބްރުއަރީ މަހުގެ 6 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ. މިއާ އެކު، އަންނަ މަހުގެ ދެ ވަނަ ހަފުތާގެ ބަންދުގެ ދެ ދުވަހާ އެކު، ތިން ދުވަހުގެ ބަންދެއް ލިބޭނެ އެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އަހަރަކު ވެސް މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ކަންތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް މަޖިލީހުގައި އިއްވަން ވާނެ އެވެ.
މަޖިލީހުގެ ގަވައިދުގައި ބުނެފައި ވަނީ ރައީސް ރިޔާސީ ބަޔާން އިއްވުމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ދޭނެ ޖަވާބެއް ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.
މަޖިލީހުގެ އާ ދައުރު ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ފަށާއިރު އޭގެ ކުރިން މި މަހު ދައުރުން ބޭރުން ދެ ޖަލްސާއެއް ކުރިޔަށް ގެންދަން ވެސް ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ޖަލްސާ ބާއްވަނީ މާދަމާ އެވެ.
ޕާޓީ ބަދަލުކުރާނަމަ އިސްތިއުފާދޭންޖެހޭ ބިލުތަސްދީގުކޮށްފި
އަންނަ މަހުގެ 21 އާއި 22 ސަރުކާރު ބަންދު
ރޯދަމަހުގެ ރަސްމީގަޑިއަކީ ހެނދުނު 9-1 އަށް
ރައީސާއި ނައިބު މަޖިލީހަށް ހާޒިރު ކުރެވޭ ގޮތް ހަދަނީ
"މާދަމާ އިއްވާނީ އެންމެ ވިޝަނަރީ ރިޔާސީ ބަޔާން"
ރުހުން ނުލިބޭ ވަޒީރުން އަލުން މަގާމަށް: ބޮޑުުު ސުވާލެއް
ރުހުން ނުދިން ތިން ވަޒީރުން އަލުން އައްޔަންކުރައްވައިފި
ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން ނިންމައިފި
ގަދަ ވިއްސާރަޔާ ހެދި މިއަދު ސަރުކާރު ބަންދު
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލާ: އިބޫ