ރާއްޖޭގެ ބޮޑު ބަޔަކަށް ވަރަށް ބޮޑަށް ވިއްސާރަވެ، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ މިއަދަކީ (މާޗު 2) ބަންދު ދުވަހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވަރަށް ބޮޑަށް ވިއްސާރަވެ، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ މިއަދަކީ (މާޗު 2) ބަންދު ދުވަހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
"މެދުނުކެނޑި ބޯކޮށް ވާރޭ ވެހި އަދި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ ތަކުލީފުތަކެއް ލިބިފައިވާތީ 2 މާޗު 2025 ވަނަ ދުވަހަކީ (މިއަދު) ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި،" ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ދެންމެ ވިދާޅުވި އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ އިތުރުން އެހެން ވަރަށް ގިނަ ރަށްރަށުގައި ފެންބޮޑުވެ، ވަރަށް ގިނަ ގެތަކަށް ވަނީ ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އިއްޔެ ހަވީރުން ފެށިގެން މެދުނުކެނޑި މާލެ އަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ ވަރަށް ގިނަ މަގުތަކުގައި ފެންބޮޑުވެ، ގެތަކަށް ވަނީ ފެންވަދެފަ އެވެ.
މޫސުމާ ބެހޭ އިދާރާ އިން މިހާރު ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް މިއަދުގެ ހެނދުނު ހަތެއް ޖަހަންދެން ޔެލޯ އެލާޓު ނެރެފަ އެވެ. އެ އިދާރާ އިން ބުނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގުގުރައި އަދި ފެން ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، މާލޭގެ ހަ ސަރަހައްދެއްގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 85 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 707 ވެލި ބަސްތާ ޖަހައިދީފައިވާ ކަމަށެވެ.
ވިއްސާރައާ ގުޅިގެން، ރައީސް ޓާސްކްފޯހެއް އުފައްދަވައިފި
ރައީސްގެ ހަމްދަރުދީގެ މެސެޖެއް މޯދީ އަށް
ގެއްލުން ލިބުނު ގޭގޭގެ ހާލަތު ރައީސް ބައްލަވާލައްވައިފި
11،000 ލީޓަރު ފެން ހިންދޭ ޕަމްޕް ބޭނުންކުރަނީ
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
މާލޭގެ މައި 4 ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އޯޕީޑީ ބަންދު
ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން އެދިއްޖެ
މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް އޮރެންޖު އެލާޓް!
މާލޭގައި 3،500އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި
ސިޓީކައުންސިލުގެ މަސައްކަތުން ހައްލު ނުލިބޭނެ:މުއްތަލިބް