ސިފައިންގެ އަށް 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު، ބްރިގޭޑިއާ ޖެނެރަލް އަބްދުލް މަތީން އަހުމަދު އިއްޔެ ރިޓަޔާކުރައްވައިފި އެވެ.
22 މެއި 2023
ސިފައިންގެ އަށް 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު، ބްރިގޭޑިއާ ޖެނެރަލް އަބްދުލް މަތީން އަހުމަދު އިއްޔެ ރިޓަޔާކުރައްވައިފި އެވެ.
އޭނާ ރިޓަޔާ ކުރެއްވިއިރު ހުންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ސެކްރެޓަރީގެ މަގާމުގަ އެވެ.
ހިދުމަތުން ރިޓަޔާ ކުރެއްވުމަށްޓަކައި އެމްއެންޑީއެފުން ރޭ ވަނީ މަތީންގެ ޝަރަފުގައި ބަންޑާރަކޮށީގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވާ ސިޓީފުޅާއި މެޑަލް ބޯޑު މަތީނާ ހަވާލުކުރެއްވި އެވެ. އެ ސިޓީފުޅާއި މެޑަލް ބޯޑު ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
ވި ބްރިގޭޑިއާ ޖެނެރަލް އަބްދުލް މަތީން އަހުމަދު ރިޓަޔާކުރެއްވުމާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އޭނާއަށް މެޑަލް ބޯޑު ހަވާލުކުރައްވަނީ.-- ފޮޓޯ: އެމްއެންޑީއެފް
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލުގެ ސިޓީފުޅާއި ފޮޓޯ ބޯޑު އަދި ރިޓަޔަމަންޓްގެ ރަމްޒީ ކާޑެއް ވެސް ރޭގެ ރަސްމިއްޔާތުގައި މަތީންއާ ހަވާލުކުރި އެވެ.
އެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސްވެރިންނާއި ޖެނެރަލް އޮފިސަރުންނާއި ޔުނިޓުތަކުގެ ކޮމާންޑަރުންނާއި މަތީންގެ އާއިލާގެ ބައެއް ބޭފުޅުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މަތީން ސިފައިންގޭގައި މަސައްކަތް ކުރައްވަން ފެއްޓެވީ ޖުލައި 1، 1987 ގަ އެވެ. އޭގެ ފަހުން މިދިޔަ 35 އަހަރު ދުވަހުގެ ތެރޭގައި ސިފައިންގޭގެ އެކި މަގާމުތައް އޭނާ އަދާކުރެއްވި އެވެ. އޭނާ އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވީ، ޑިފެންސް މިނިސްޓްރީގެ އިދާރީ އަދި ހިންގުމުގެ ދާއިރާގަ އެވެ.
ސިފައިންގޭގައި މަތީން އަދާކުރައްވާފައިވާ ބައެއް މަތީ މަގާމުތަކުގެ ތެރޭގައި ހިމެނެނީ؛
• މާފުށީ ޖަލުގެ ސެކިއުރިޓީ ބަލަހައްޓާ ޔުނިޓުގެ ކޮމާންޑަރު
• އޯޑިނެންސް ސާވިސްގެ ޑެޕިއުޓީ ކޮމާންޑިން އޮފިސަރު.
• ކޮމާންޑިން އޮފިސަރުގެ އެހީތެރިޔާ.
• ކޮމިއުނިކޭޝަން އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ސާވިސްގެ ކޮމާންޑިން އޮފިސަރުގެ އެހީތެރިޔާ.
• ރީޖަނަލް ހެޑްކުއާޓާސް، ލ. ކައްދޫގެ ބޭސް ކޮމާންޑަރު.
• ޑިފެންސް މިނިސްޓްރީގެ ޕްރޮޓޮކޯލް އޮފިސަރު.
• ޑިފެންސް މިނިސްޓްރީގެ ޕްރޮކިއުމެންޓް އޮފިސަރު.
• ރާއްޖެ އިން އިންޑިއާ އަށް ކަނޑައެޅި ޑިފެންސް އެޑްވައިޒަރުކަން.
ބްރިގޭޑިއާ ޖެނެރަލް އަބްދުލް މަތީން އަހުމަދު ރިޓަޔާކުރެއްވުމާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ އިސްވެރިންނާއި މަތީންގެ އާއިލީ ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: އެމްއެންޑީއެފް
ސިފައިންގެ ބޯޑުތަކާއި ކޮމެޓީތަކުގައި ވެސް މަތީން އަގުހުރި ވަރަށް ގިނަ މަސައްކަތްތައް ކޮށްދެއްވާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މަތީން ސިފައިންގެ އަށް ކޮށްދެއްވާފައިވާ ހިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތަކާއި ސާބިތު ކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަހުލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 11 މެޑައްޔާއި 12 ކުލަ ލިބިވަޑައިގެންފައިވާ ކަމަށެވެ.
ކުރީގެ ޑިފެންސް ޗީފް ޝަމާލް ރިޓަޔާ ކުރައްވައިފި
"މަޖިލިސް މެމްބަރުން ފާރުމަތިން އުކުން މާޒީވެއްޖެ"
މާރިޔާގެ ތާއީދު ރައީސަށް، އެދުނީ ސިފައިން ސިޔާސީނުވާން
ބޯޑާ މެނޭޖްމަންޓް ސްޓްރެޓެޖީގެ ޑްރާފްޓް ނިމިއްޖެ
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
އިންޑިއާގެ އެހީގެ ސާމާނު ސެނަހިޔާ ހޮސްޕިޓަލަށް
ނަޝީދު ފޮނުއްވި އިމްތިޔާޒާ ގުޅޭ މައްސަލަ ބޭރުކޮށްލައިފި
ދިފާއީ ބާރުގެ ވެރިންގެ އިތުބާރާ މެދު ސުވާލު އުފެދިދާނެ
އަސްކަރިއްޔާގެ ހަގީގީ ބޭނުމަކީ ސުލްހަގާއިމްކުރުން:ރައީސް
ސިފައިން މިނިވަންކަން ދަމަހައްޓާނެ: މާރިޔާ