24 މެއި 2023
މާލޭގެ ގެއަކަށް ވަދެ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި މާރާމާރީ ހިންގައި އަދި މުދަލަށް ގެއްލުންދިން މައްސަލައެއްގައި ހޯދަމުންދިޔަ މީހާ ހައްޔަރުކޮށްފި އެވެ.
މާލޭގެ ގެއަކަށް ވަދެ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި މާރާމާރީ ހިންގައި އަދި މުދަލަށް ގެއްލުންދިން މައްސަލައެއްގައި ހޯދަމުންދިޔަ މީހާ ހައްޔަރުކޮށްފި އެވެ.
ކޯޓު އަމުރަކަށް ހައްޔަރުކުރުމަށް ރ. މަޑުއްވަރީ، ދެތަނޑިމާގެ، އިބްރާހިމް ސަމީން، 34، ހޯދަން ފުލުހުން އިިއްޔެ އިއުލާނުކުރީ ގްރޫޕަކާ އެކު އެޕާޓްމަންޓަކަށް ވަދެ ބިރުދެއްކި މައްސަލައެއްގަ އެވެ.
ފުލުހުން މިއަދު ބުނީ، ސަމީން އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ރޭގެ ވަގުތެއްގައި ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މަހުގެ ދެ ވަނަ ދުވަހު ގުރޫޕަކާ އެކު ސަމީން އެ އެޕާޓްމަންޓަށް ވަދެ އެ ތަނުގައި ދިރިއުޅޭ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި ނުރައްކާތެރި ހަތިޔާރުން ހަމަލާދީ މާރާމާރީ ހިންގުމަށް ފަހު އެޕާޓްމަންޓުގައި ހުރި މުދަލަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ތޫނު ހަތިޔާރުން ހަމަލާދޭ މީހާ އަނެއްކާ ހައްޔަރުކޮށްފި
ޝަމީމަށް ހަމަލާދިން މީހުންނަށް ދައުވާކުރަން ޕީޖީއަށް
އެއާޕޯޓްގައި މާރާމާރީ ހިންގި މީހާއަށް ޖޫރިމަނާގެ އަދަބު
"މަސައްކަތާއި ކަސްރަތުގައި ދެން އުޅޭނީ މާ ގަދަކޮށް"
ހިޔާ ފްލެޓެއްގައި މީހަކަށް ތޫނު އެއްޗެހިން ހަމަލާ ދީފި
މާރާމާރީ ހިންގަން އުޅެނިކޮށް ހުއްޓުވައި،އެކަކު ހައްޔަރު
ގޭންގް ކުށެއް ނުހުއްޓުވުނު،ގާނޫނުގެ އަތް ބަނދެވިފައި!
ދަތް އަޅައިގެން އިނގިލި ބުރިކޮށްލި މީހަކު ބަންދަށް
ވަޅިން ހަމަލާދިން ދެ މީހަކު 10 އަހަރަށް ޖަލަށް
ފުލުހުންނަށް ހަމަލާދިން މައްސަލާގައި ހަ މީހަކު ބަންދަށް