Roadha Mihaaru
މާރާމާރީ ހިންގަން އުޅެނިކޮށް ހުއްޓުވައި،އެކަކު ހައްޔަރު

މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި

03 ޖޫން 2023

މާލޭގައި ރޭ މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށް އަދި އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ރޭ މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށް އަދި އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ރޭ މަޖީދީމަގު ޑައިންމޯ ކައިރީގައި ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅެނިކޮށް ހައިވިޒިބިލިޓީ ފުލުހުން ގޮސް އެ މީހުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެތަނުން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މާރާމާރީ ހިންގަން އުޅުނު ބައެއް މީހުން ސަރަހައްދުން ވަނީ ފިލައިފަ އެވެ. އަދި އޭގެ ތެރެއިން ދެ މީހަކު ފިލާފައިވަނީ އެ މީހުން ގެންގުޅުނު ސައިކަލު އެ ސަރަހައްދަށް ދޫކޮށްލުމަށްފަހު ކަމަށާއި އެހެންވެ ސައިކަލް މިވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.