އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ރާއްޖޭގައި އޮތް ބިރުވެރިކަން ނައްތާލައި، މި ފަސް އަހަރުގެ ތެރޭގައި މާލެ އާއި ރަށްރަށުގައި ހަމަޖެހުން ގާއިމުކޮށްދެވިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
27 މެއި 2023
އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ރާއްޖޭގައި އޮތް ބިރުވެރިކަން ނައްތާލައި، މި ފަސް އަހަރުގެ ތެރޭގައި މާލެ އާއި ރަށްރަށުގައި ހަމަޖެހުން ގާއިމުކޮށްދެވިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ ވަރަށް ހަލަބޮލިކޮށް، ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އެހެންވެ، އެންމެ ބޮޑު އިސްކަމެއް ދެއްވީ ގައުމުގައި ހަމަޖެހުން ގާއިމްކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އިރާދަކުރެއްވިޔާ މި ފަސް އަހަރު ނިމިގެންދާއިރުގައި މާލެއަށް، މުޅި ރާއްޖެއަށް، އެކި ރަށްރަށުގައި އަޅުގަނޑު ދަންނަވާލާނީ ކުރީގައި އެ އޮތް ހަމަނުޖެހުމާއި ބިރުވެރިކަން ބޮޑުތަނުން ދަށްވެއްޖެއޭ: ރައީސް
"ހަމަޖެހުމެއް ނެތް، އުސޫލެއް ނެތް، ބިރުވެރިކަމެއްގެ ތެރޭގައި މުޅި ރައްޔިތުން އުޅުނީ. އަޅުގަނޑުމެންގެ އެންމެ މުހިންމު މަސައްކަތަކަށްވީ މުޅި ރާއްޖޭގައި ހަމަޖެހުން ގާއިމުކޮށްދިނުން. ސްޓެބިލިޓީ ގާއިމުކުރުން. ސުލްހަ ގާއިމްކުރުން. އެންމެން އެކީގައި އުޅެވޭނެ ގޮތެއް، ސިޔާސީ ވިސްނުން ތަފާތުވިޔަސް، އެންމެން އެކީގައި އުޅެވޭނެ ގޮތެއް ހޯދައިދިނުން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފ. ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް
"އިރާދަކުރެއްވިޔާ މި ފަސް އަހަރު ނިމިގެންދާއިރުގައި މާލެއަށް، މުޅި ރާއްޖެއަށް، އެކި ރަށްރަށުގައި އަޅުގަނޑު ދަންނަވާލާނީ ކުރީގައި އެ އޮތް ހަމަނުޖެހުމާއި ބިރުވެރިކަން ބޮޑުތަނުން ދަށްވެއްޖެއޭ."
ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ހިޔާލު ތަފާތުވުންތަކާ އެކީގައި ވެސް ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމުގައި އެންމެ އެކީގައި މަސައްކަތްކުރުން ކަމަށެވެ. މާލޭގެ އިތުރުން ރަށްރަށް ވެސް ތަރައްގީކޮށް ރަށްރަށުގެ މެދުގައި ތަފާތުކުރުން ނައްތާލުން ކަމަށެވެ. އެ އަމާޒު ހާސިލުކުރުމަށް މި ނިމޭ ދައުރުގައި ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފ. ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް
ނިލަންދޫގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި މި ރަށުގެ ރައްޔިތުން ވަނީ އެ މީހުންގެ ހުރި ކަންބޮޑުވުންތައް ރައީސް އަދި މިނިސްޓަރުންނާ ހިއްސާކުރައްވައިފަ އެވެ. އަދި އާންމުންގެ ސުވާލުތަކަށް ރައީސް އާއި މިނިސްޓަރު ޖަވާބު ދެއްވި އެވެ.
ފ. އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ ދަރަނބޫދު އަށެވެ.
ސިޔާސީ މޮޅާއި ކުރި ހޯދުމެއް ނެތް, ޗޮއިސްއަކީ ރައީސް!
ރައީސް، ސަން ސިޔާމްއާ ބައްދަލުކުރައްވައިފި
ހަމަޖެހުން ހޯދައިދީ ގިނަ މަސައްކަތް ކުރެވިއްޖެ: ރައީސް
ނަޝީދުއާ އޮތް ހިޔާލުތަފާތުވުމަކީ މި މަގާމުގައި ހުރުން
މެނިފެސްޓޯގައި ނިޒާމީ ވޯޓު ނަގާކަށް ނުނިންމާ: ސަރުކާރު
އަހުދުގެ މަތީގައި ދެމިހުންނެވީ ރައީސް އެކަނި: އަސްލަމް
ކަމާލުއްދީނާއި ޑރ.ސައްތާރުގެ ކަންބޮޑުވުންތައް ރައީސަށް
މައުސޫމް އަލުން ވަޒީރުކަމަށް އައްޔަންކޮށް ހުވާކޮށްފި
ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް
ބަރުލަމާނީ ނިޒާމަކަށް ވިސްނަވަން ރައީސަށް ވަގުތެއް ނެތް