Roadha Mihaaru
ކައުންސިލް މުވައްޒަފުންނަށް ހާއްސަ ކޯހެއް ފަށަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކައުންސިލް މުވައްޒަފުންނަށް ހާއްސަ ކޯހެއް ފަށަނީ

06 ޖޫން 2023

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބެޗެލާސް އޮފް ލޯކަލް ގަވާނަސް އެންޑް އެޑްމިނިސްޓްރޭޝަން ކޯހެއް ފަށަން އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބެޗެލާސް އޮފް ލޯކަލް ގަވާނަސް އެންޑް އެޑްމިނިސްޓްރޭޝަން ކޯހެއް ފަށަން އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ހުޅުވާލައިފި އެވެ.

އިސްލާމިކް ޔުނިވާސިޓީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެއީ ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ ކައުންސިލަރުންނަށާއި އިދާރީ މުވައްޒަފުންނަށް ހާއްސަ ކޯހެއް ކަމަށެވެ.

ތިން އަހަރު ދުވަހުގެ އެ ކޯސް ބްލެންޑެޑް މޯޑް (ކުލާހަށް ހާޒިރުވެ އަދި އޮންލައިންކޮށް ކިޔެވޭ ގޮތަށް) ވެސް ބައިވެރިވެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ކޯހުގައި ކިޔަވައިދޭނީ ދާއިރާގެ ތަޖުރިބާކާރުން ކަމަށެވެ.

ކޯހުގައި ކިޔަވައިދޭ ބައެއް މޮޑިއުލްތައް:

- މެނޭޖްމަންޓް ކޮންސެޕްޓް

- ޕްރިންސިޕަލްސް އޮފް އިކޮނޮމިކްސް

- ލީޑާޝިޕް އެންޑް ސްޓްރެޖީ

- ރޫރަލް އެންޑް އާބަން ޑިވެލޮޕްމަންޓް

- ސަސްޓެއިނަބަލް ކޮމިއުނިޓީ ޑިވެލޮޕްމަންޓް

- ޕަބްލިކް ޕްރޮކިޔުމަންޓް

- ރިސޯސް މެނޭޖްމަންޓް އެންޑް ގުޑް ގަވާނަސް

- ޕަބްލިކް ފައިނޭންސް އެންޑް އެކައުންޓަބިލިޓީ

- ސްޓަޑީސް އޮފް ސިލެކްޓެޑް ލޯސް އޮފް މޯލްޑީވްސް

އައިޔޫއެމް އިން ބުނީ އެފަދަ ކޯހެއް ފެށުމުގެ މަގުސަދަކީ ލޯކަލް ގަވާނަންސްގެ އުކުޅުތަކާއި ފައިސާ ބެލެހެއްޓުމާއި އިދާރީ ހިންގުމާއި އިގްތިސާދީ ތަރައްގީ އާއި ޕްރޮޖެކްޓް ބެލެހެއްޓުން އަދި ލީޑަރޝިޕާ ގުޅޭ ބައިތަކުގެ އިލްމާއި ހުނަރު ތަރައްގީކުރުން ކަމަށެވެ.

މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްގީގެ އާދަތަކާއި އާބަން އަދި ރޫރަލް ތަރައްގީއާ ގުޅޭގޮތުން އަހުލުވެރިކުރުމާއި ލޯކަލް ގަވާނަންސްގެ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރުމާއި ދިރާސާކުރުމަށް ޕްލެޓްފޯމެއް ފަހިކޮށްދިނުމަކީ ވެސް މަގްސަދެއް ކަމަށް އައިޔޫއެމްއިން ބުންޏެވެ.