Roadha Mihaaru
އެމްއާރުއެމްއާ ގުޅޭ އަމުރު މުރާޖައާކުރަން އެދެނީ

އެމްއާރުއެމް އުވާލުން މަޑުޖައްސާލުމުގެ އަމުރު މުރާޖައާކުރަން އެދެނީ

29 މެއި 2023

އެމްއާރުއެމް އުވާލުމުގެ މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާކޮށްދިނުމަށް އެދެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްއާރުއެމް އުވާލުމުގެ މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާކޮށްދިނުމަށް އެދެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އެމްއާރްއެމް އުވާލަވަން އީސީން ނިންމީ ސިޔާސީ ޕާޓީއެއްގައި މެމްބަރުން ތިބެން ޖެހޭ ކަމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ 3،000 މެމްބަރުން ހަމަކުރަން ދިން މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެ އަދަދު ހަމަނުވާ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ.

އެ މައްސަލަ އެ ޕާޓީން ކޯޓަށް ހުށަހަޅަން ނިންމައި އެކަން ސިވިލް ކޯޓަށް އެންގުމުން އީސީގެ ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ރޭ ނެރެފަ އެވެ.

ނަމަވެސް، އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެމްއާރުއެމް އުވާލުން މަޑުޖައްސާލުމާ ގުޅޭގޮތުން ނެރުނު ވަގުތީ އަމުރު މުރާޖައާކުރުމަށް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އެކަމަކު، ކޯޓަށް ހުށަހަޅާނެ ދުވަހެއް އަދި ނޭނގެ އެވެ.

ވަގުތީ އަމަރު ނެރުމަށް ބޭއްވި ޝަރީއަތުގައި އެމްއާރްއެމުން ބުނީ އެ ޕާޓީ އުވާލުމަށް އިލެކްޝަނުން ނިންމާފައި ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށްފައިވަނިކޮށް ކަމަށެވެ. އަދި އެ ޕާޓީގެ ނަމުގައި ހަރަކާތް ނުހިންގުމަށް އެންގި އެންގުން ބާތިލުކުރުމަށް ވެސް އެ ޕާޓީން އެދިފައި ވެއެވެ.

މި މައްސަލާގައި ދާއިމީ ހައްލެއް ހޯދަން އީސީއާ ދެކޮޅަށް، އެމްއާރްއެމްގެ ފަރާތުން އިތުރު މައްސަލައެއް 30 ދުވަހުގެ ތެރޭގައި ކޯޓަށް ވައްދާނެ ކަމަށް، އެ ޕާޓިން ބުނާތީ ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުނީ 30 ދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތުގައި މައްސަލަ ކޯޓަށް ހުށަނާޅައިފިނަމަ ވަގުތީ އަމުރު ބާތިލުވާނެ ކަމަށް ސިވިލް ކޯޓްގެ ހުކުމްގައި ވެ އެވެ.