Roadha Mihaaru

ފަނޑިޔާރުންނަށް ބިރު ނުދައްކަން އިލްތިމާސްކޮށްފި

ފަނޑިޔާރުންނަށް ބިރު ދައްކައި ނުހެދުމަށް ފަނޑިޔާރުންގެ ޖަމްއިއްޔާއިން މިރޭ ގޮވާލައިފި އެވެ.

ފަނޑިޔާރުންނަށް ބިރު ނުދައްކަން އިލްތިމާސްކޮށްފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

28 ނޮވެމްބަރ 2019

ފަނޑިޔާރުންނަށް ބިރު ދައްކައި ނުހެދުމަށް ފަނޑިޔާރުންގެ ޖަމްއިއްޔާއިން މިރޭ ގޮވާލައިފި އެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާއިން ކުރި ޓްވީޓެއްގައި ބުނީ ފަނޑިޔާރުންނަށް ބިރު ނުދެއްކުމަށާއި ގާނޫނީ އިމުން ބޭރުން ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ނުފޯރުވަން އިލްތިމާސްކުރާ ކަމަށެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން އެގޮތަށް ގޮވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ޔާމީންގެ މައްޗަށް ކުރި ހުކުމާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުންކޮށް، އިންޒާރު ދިން މައްސަލަ ތަހުގީގު ކޮށްދޭން އެދި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރީ ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާގަ އެވެ.