Roadha Mihaaru
ކެންގަރޫ ކިޑްސްގެ އެސްކޭޖީން ހާއްސަ ފުރުސަތެއް

ކެންގަރޫ ކިޑްސްގެ އެސްކޭޖީއަށް ވަނުމަށް ހާއްސަ ފުރުސަތެއް

30 މެއި 2023

ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީސްކޫލުން އަންނަ ދިރާސީ އަހަރަށް، އެސްކޭޖީގެ އިތުރު ކްލާސްތަކެއްގެ ޖާގައަށް ހުޅުވާލައިފި އެވެ.

ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީސްކޫލުން އަންނަ ދިރާސީ އަހަރަށް، އެސްކޭޖީގެ އިތުރު ކްލާސްތަކެއްގެ ޖާގައަށް ހުޅުވާލައިފި އެވެ.

މި ފުރުސަތު ދިނީ ހާއްސަ ޕްރޮމޯޝަނަކާ އެކުގައެވެ. ޕްރޮމޯޝަންގެ ދަށުން 2023-2024 ވަނަ ދިރާސީ އަހަރަށް އެސްކޭޖީއަށް ވަންނަން އެދޭ އެއްވެސް ދަރިވަރެއްގެ އަތުން، ކުރިން ނަގަމުން އަންނަ ސެކިއުރިޓީ ޑިޕޮސިޓް އަދި ރެޖިސްޓްރީޝަން ފީއެއް ވެސް ނުނަގާނެ އެވެ. މިއީ ޕްރީސްކޫލް ދަރިވަރުން ގްރޭޑު އެކަކަށް ދިއުމުގެ ކުރިން ޕްރީސްކޫލްގެ އެންމެ ފަހު އަހަރަށް ހެޔޮ ބަދަލެއް ގެންނަން ވިސްނާ ބެލެނިވެރިންނަށް މިއީ ވަރަށް ރަނގަޅު ފުރުސަތެކެވެ.

މި ފުރުސަތު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ ނިޔަލަށެވެ.

ކެންގަރޫ ކިޑްސްގެ އިންސްޓަގްރާމް ޕޯސްޓެއް.

ޕްރީސްކޫލް މަރުހަލާ ނިންމާފައި ގްރޭޑް 1 އަށް ދަރިވަރުން ޕްރޮމޯޓުވާއިރު ދިވެހި ބަހާއި އިނގިރޭސި ބަސް ލިޔަންކިޔަން ދަސްވާންޖެހޭ މިންގަނޑަށް ކުދިން ތައްޔާރު ނުކުރެވޭ ކަމަކީ ޕްރައިމަރީ ޓީޗަރުންގެ އެންމެ ބޮޑު އެއް ޝަކުވާއެވެ. އަދި ކުދިންގެ ޕްރައިމަރީ ގްރޭޑްގެ ފުރަތަމަ އަހަރުގެ ކިޔެވުމަށް އަންނަ ވަރަށް ބޮޑު ދަތި ކަމަކަށް އެކަންވެ އެވެ.

މިކަމަށް ހައްލެއް ހޯދަން ކެންގަރޫ ކިޑްސްގެ އެސްކޭޖީ ދަރިވަރުންނަށް "ގްރޭޑް 1 ރެޑީ" ނަމުގައި ޕްރޮގުރާމެއް ތައާރަފުކޮށްފަ އެވެ. އެސްކޭޖީގެ މި ޕްރޮގްރާމަކީ ޕްރައިމަރީ ގްރޭޑުގެ ޓީޗަރުންނާ މަޝްވަރާކޮށް، އެ ޓީޗަރުންގެ ޝާމިލުވުމާ އެކު ފަރުމާކޮށްފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމްގެ އަމާޒަކީ ސީދާ ގްރޭޑް އަށް ބޭނުންވާނެ މުހިންމު ހުނަރުތަކާއި ކިޔެވުމުގައި ދަރިވަރުންނަށް ހާސިލްވާން ޖެހޭ މިންގަނޑަށް ދަރިވަރު ތަމްރީނު ކޮށްދިނުމެވެ.

މި ޕްރޮގްރާމުގެ ތެރެއިން ޕްރައިމަރީ ގްރޭޑުތަކަށް ދަރިވަރުންނަށް ބޭނުންވާ ހުނަރުތައް ވެސް ތަރައްގީކޮށްދެވެ އެވެ. ޕްރީ ސްކޫލުގައި ކްލާސްތެރޭ ހޭދަކުރި ވަގުތަށް ވުރެ ގިނަ ވަގުތު ޕްރައިމަރީ ކްލާހުގައި ހޭދަކުރަން ޖެހުމުން އަމިއްލަ މިނިވަންކަމަށް ބޭނުންވާ ގިނަ ހުނަރުތަކެއް ގްރޭޑް 1 އަށް ދާއިރު ދަރިވަރަށް ދަސްކޮށްދެވިފައި ހުންނަން ޖެހެ އެވެ. ދަރިވަރުންނަށް ކްލާސްރޫމަށް ބޭނުންވާ ހުނަރުތައް ލިބިފައި ނެތް ނަމަ، މިއީ ކްލާސް ރޫމް މެނޭޖުކުރުމަށް ޓީޗަރުންނަށް ކުރިމަމތިވާ ބޮޑުދަތިކަމަކަށްވެ އެވެ.

ކެންގަރޫ ކިޑްސްގެ ދަރިވަރެއްގެ ބެލެނިވެރިއެއްގެ ތަޖުރިބާ.

ކެންގަރޫ ކިޑްސްގެ ޕްރިންސިޕަލް އައިމިނަތު ތަހުމީނާ ވިދާޅުވި ގޮތުގައި ސްކޫލް ފީގެ އިތުރުން ޔުނީފޯމާއި ފޮތްތަކަށް ބެލެނިވެރިންގެ އަތުން އިތުރު ފީއެއް ނުނަގާނެ އެވެ. އަދި ސްކޫލުން ދެ ސެޓު ޔުނީފޯމާއި، ފޮތް ސެޓާއި ކްލާހުގައި ބޭނުންވާނެ އިތުރު ތަކެތި ވެސް ސްކޫލުގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

"ކެންގަރޫ ކިޑްސްއަށް ކުދިން ފޮނުވާއިރު ބެލެނިވެރިން ޖެހޭނީ ހަމައެކަނި ފެންފުޅިއެއް ދޭން. އިތުރު ހުރިހާ އެއްޗެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން. އަދި ހޯމް އެކްސްޓެންޝަން ފޮތްތަކެއް ވެސް އަޅުގަނޑުމެން ގޭގައި ބޭނުންކުރުމަށް ދެން. އަޅުގަނޑުމެން ދަރިވަރުންނަށް ދޭ ފޮތް ސެޓަކީ ބައިނަލް އަޤްވާމީ މައިދާނުގައި ގިނަ އެވޯޑްތަކެއް ލިބިފައިވާ ކެންގަރޫ ކިޑްސް ފްރެންޗައިޒްއިން ތައްޔާރުކޮށްފައިވާ ފޮތްތަކެއް." ތަހުމީނާ ވިދާޅުވި އެވެ.

ތަހުމީނާ ވިދާޅުވީ ދިވެހި، އިސްލާމް އަދި ގުރުއާނަށް ހާއްސަކޮށް "އިގްރައު"ގެ ނަމުގައި ކަރިކިއުލަމެއް ވެސް އެކުލަވާލާފައިވާ ކަމަށެވެ. ކެންގަރޫ ކިޑްސްގައި އިތުރު ފީއެއް ނުނަގައި ޕްރީސްކޫލް ނިމޭއިރު ކޮންމެ ކުއްޖަކަށް ފަތަން ދަސްކޮށްދޭ ޕްރޮގުރާމެއް ވެސް ކުރިއަށް ގެންދެ އެވެ. ދަރިވަރުން އުޅޭ މާހައުލާއި ދުނިޔެއަށް އަހުލުވެރި ކުރުމުގެގޮތުން ސްކޫލު ފަރާތުން ވަރަށް ގިނަ ހާއްސަ އިވެންޓްތަކާއި ފީލްޑް ޓްރިޕް އިންތިޒާމުކުރެ އެވެ. އަހަރަކު 30 އަށް ވުރެ ގިނަ ހާއްސަ، ތީމްބޭސްޑް އިވެންޓު ބާއްވަ އެވެ. އަދި ރާއްޖޭގެ ތާރީހީ އާސާރީ ބިނާތަކާއި، ހޮސްޕިޓަލް، ފަޔާ ސްޓޭޝަން، އެއާޕޯޓް އަދި މާރުކޭޓް ފަދަ ތަންތަނަށް ކެންގަރޫކިޑްސްގެ މަންހަޖު ވަނީ ބައްޓަންކޮށްފަ އެވެ.

ދަރިވަރުން ކިޔަވާ މާހައުލަށާއި ހެދި ބޮޑުވުމުގައި ބޮޑު ދައުރެއް އަދާކުރާ އެކި ކަންކަމަށް ކެންގަރޫ ކިޑްސް އިން އަބަދުވެސް ޚާއްސަ ސަމާލުކަމެއްދެ އެވެ. ކެންގަރޫ ކިޑްސްއިން ކުޅިވަރަށް ހާއްސަ ސަމާލުކަމެއް ދީ އެ ސްކޫލުގައި ޖާގަ ތަނަވަސް ބޮޑު ޕްލޭ ގްރައުންޑެއް ވަނީ ހަދައިފަ އެވެ.

ކޮންމެ އަހަރަކުވެސް ބޮޑު ޑިމާންޑެއް އޮންނަ ބިލަބޮންގް ހައި އަދި ފިންލެންޑް ސްކޫލްގެ ގްރޭޑް 1 ގެ ޖާގަ ދިނުމުގައި ކެންގަރޫ ކިޑްސްގެ އެސްކޭޖީ ނިންމާ ދަރިވަރުންނަށް އައިލެންޑާސް އެޑިއުކޭޝަންގެ ފަރާތުން ޖާގަ ދޫކުރުމުގައި އިސްކަމެއްދެއެވެ. މިއީ ވެސް ކެންގަރޫ ކިޑްސް ގެ އެސްކޭޖީ ގަ ކިޔެވުމުން ދަރިވަރުންނަށް ޕްރައިވެޓް އިންޓަނޭޝަނަލް ސްކޫލެއްގައި ކިޔެވުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު އިތުރުވެ އެވެ.

ކެންގަރޫ ކިޑްސް އިން އެޑްމިޝަން ބޭނުންވާ ބެލެނިވެރިންނަށް ސްކޫލްގެ ވެބްސައިޓް މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ. އަދި ސްކޫލް ފީ އާއި އިތުރު މުހިއްމު މައުލޫމާތު ސްކޫލްގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އެވެ.

ނޯޓު: މިއީ އައިލެންޑާސް އެޑިއުކޭޝަނުގެ އެޑްވަޓޯރިއަލްއެކެވެ.