ދޮޅު ލައްކަ ރުފިޔާގެ މުދާ އެރުވުމަށްފަހު، ގެންދަން ބުނި ތަނަށް ނުގެންގޮސް ފިލި ޓެކްސީއެއް ފުލުހުން ހޯދައިފި އެވެ.
02 ޖޫން 2023
ދޮޅު ލައްކަ ރުފިޔާގެ މުދާ އެރުވުމަށްފަހު، ގެންދަން ބުނި ތަނަށް ނުގެންގޮސް ފިލި ޓެކްސީއެއް ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއު އިން އިއްޔެ ހަވީރު ޓެކްސީއެއް ނަގައި، އޭގައި 150،000ރ. އިލެކްޓްރޯނިކް ސާމާނު ތަނަކަށް ގެންދަން ހަވާލުކުރުމުން އެ މުދާ ބުނި ތަނަށް ނުގެންގޮސް، ޓެކްސީ ފިލި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ސީސީޓީވީ ފޫޓޭޖް ބަލައިގެން އެ ޓެކްސީ ހޯދައި، މުދާތައް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކަމަކު އެ ސާމާނު ހޯދައި، ވެރިފަރާތާ ހަވާލުކުރިޔަސް އެ މައްސަލާގައި ޓެކްސީ ޑްރައިވަރާ މެދު ފިޔަވަޅެއް އެޅި ކަމެއް ފުލުހުން ނުބުނެ އެވެ.
އިއްޔެ ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
— Maldives Police (@PoliceMv) June 2, 2023
ޓެކްސީ ކިއުއިން ނެގި ކާރަކަށް އެރުވި 150،000 ރުފިޔާގެ އިލެކްޓްރޯނިކްސް ސާމާނު، ގެންދަންޖެހޭ ހިސާބަށް ނުގެންދާކަމަށް ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން އެތަކެތި ހޯދައި، ވެރިފަރާތާ ވަނީ ހަވާލުކޮށްފައި.
ރައްޔިތުންނަށް ކަމެއް ދިމާވާ ހިނދު ފުލުހުންގެ އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ތިން އަހަރު ވެސް އެންމެ ގިނައިން ރިޕޯޓްކުރީ ވައްކަމުގެ މައްސަލަތަކެވެ. އަދި މިއަހަރުގެ މިހާތަނަށް ވެސް އެންމެ ގިނައިން ރިޕޯޓްކުރީ އެފަދަ މައްސަލަތަކެވެ.
ޓެކްސީއެއްގައި ވައްކަން ކުރަން އޮއްވާ ހައްޔަރުކޮށްފި
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރު
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
އެއާޕޯޓުން ފޭރުނު 'އެންމެ ޑޮލަރެއް' ވެސް އަދި ނުފެނޭ
ހައްޔަރުކުރި މީހުން ޑޮލަރު ގުނާތަން ސީސީޓީވީއަށް ފެނޭ!
އެއާޕޯޓުން ޑޮލަރު ފޭރުނު މީހުން ދިޔައީ ހުރައަށް!
ވަގަށް ސިނގިރެޓް އެތެރެކުރި ކުންފުންޏެއްގައި މެންބަރެއް
ޑޮލަރު ފޭރުމުގައި ބައިވެރިވި ހަތަރު މީހަކު ހައްޔަރު
އެއާޕޯޓުގައި ބިރުދައްކައި ފޭރިގަތީ 100،000ޑޮލަރު
ފޭރިގަތީ ފުރާ މީހުންނަށް ދޫކުރަން ގެންދިޔަ ޑޮލަރު!