Roadha Mihaaru
ޑިމޮކްރެޓްސްގެ ލިސްޓު އާންމުވި މައްސަލައެއް!

ޑިމޮކްރެޓްސް އަށް ސޮއިކުރި މީހުންގެ ލިސްޓު އާންމުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި

03 ޖޫން 2023

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަން މަސައްކަތްކުރާ ޕާޓީއަށް ސޮއިކުރި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމުނުކުރަނީސް، އެ ލިސްޓު ލީކުވި މައްސަލައެއް އެ ކޮމިޝަނަށާއި ފުލުހުންނަށް މިއަދު ހުށަހަޅައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަން މަސައްކަތްކުރާ ޕާޓީއަށް ސޮއިކުރި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމުނުކުރަނީސް، އެ ލިސްޓު ލީކުވި މައްސަލައެއް އެ ކޮމިޝަނަށާއި ފުލުހުންނަށް މިއަދު ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ އިސްބޭފުޅުން އިސްވެ އުފައްދަން މަސައްކަތް ކުރައްވާ ޕާޓީ ފަރާތުން، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މިއަދު ހަވީރު ބޭއްވި "ޑިމޮކްރެޓްސް"ގެ ނިއުސް ކޮންފަރެންސްގައި އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ޝިފާޒް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ މެމްބަރުންގެ ލިސްޓު އާންމުކުރުމުގައި އީސީން އަމަލުކުރަން ޖެހޭ އުސޫލެއް އޮންނަ ކަމަށެވެ. އެ އުސޫލުގެ ތެރެއިން އެ މައުލޫމާތު އާންމުކުރަން ޖެހެނީ އެ ކޮމިޝަންގެ ވެބްސައިޓްގައި ކަމަށެވެ. ނަމަވެސް، ވެބްސައިޓުގައި އާންމުކުރުމުގެ ކުރިން، ބައެއް އާންމު މެމްބަރުންގެ އަތުގައި މިހާރު އެ ލިސްޓު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އިން ބޭއްވި ނިއުސް ކޮންފަރެންސްގައި އެމްޑީޕީގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑިމޮކްރެޓްސް އިން ބޭއްވި ނިއުސް ކޮންފަރެންސްގައި އެމްޑީޕީގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެކަން ކުށްވެރިކޮށް ޝިފާޒް ވިދާޅުވީ މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމެއް ކަމަށެވެ.

އަޅުގަނޑުމެންނަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިއީ މި ޕާޓީ އުފެއްދުމާ ދެކޮޅަށް ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން އިންތިޒާމުވެގެން ރޭވިގެން ހިންގަން ފެށި ކަމެއް ކަމަށް ބެލެވޭ އެތައްއެތައް ކަމެއް ފާހަގަކުރެވިއްޖެ: ޝިފާޒް

"މިކަން މި މަގުން މި ހިނގީ ކީއްވެގެންތޯ ބެލުމަށްޓަކައި މިހާރު އަޅުގަނޑުމެން ވާނީ އިލެކްޝަންސް ކޮމިޝަނަށް މިކަން ބަލައިދިނުމަށް އެދިފައި، މައްސަލަ ހުށަހަޅައިފައި. އަދި ހަމައެއާ އެކީގައި މިކަން ތަހުގީގު ކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ވެސް ވާނީ މިއަދު ހުށަހަޅާފައި،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިއީ މި ޕާޓީ އުފެއްދުމާ ދެކޮޅަށް ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން އިންތިޒާމު ވެގެން ރޭވިގެން ހިންގަން ފެށި ކަމެއް ކަމަށް ބެލެވޭ އެތައްއެތައް ކަމެއް ފާހަގަކުރެވިއްޖެ."

ސަރުކާރުގެ އެންމެ އިސް އޮފިޝަލުންނާއި އެންމެ އާދައިގެ އޮފިޝަލުން އަދި އެހެން ވެސް ސިޔާސީ މުވައްޒަފުންގެ އަތުގައި މި ލިސްޓު އެބައޮތް ކަމަށް ޝިފާޒް ތުހުމަތުކުރެއްވި އެވެ.

"އަޅުގަނޑުމެން [އީސީ] އަށް ހުށަހެޅި އިރުގައި ނެތް މައުލޫމާތާ އެކީގައި އެ ލިސްޓު ފުރިހަމަވެފައި އޮތީމާ މާ ބޮޑަށް ސާފުވޭ އެއީ އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން އެ ބޭފުޅުން ހޯދާފައި އޮތް ލިސްޓެއްކަން ވެސް،" އޭނާ ވިދާޅުވި އެވެ.

އެ ލިސްޓުގައި ނަން އޮތް މީހުންނަށް، ސަރުކާރަށް ވާގިދޭ މީހުން ގުޅައި ބިރުދައްކަމުން ދާ ކަމަށް ވެސް ޑިމޮކްރެޓްސް އިން ތުހުމަތުކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނޭ، ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން 3،500 މެމްބަރުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ.