Roadha Mihaaru
އައްޑޫ މެޖޯރިޓީ ލިބޭނީ ރައީސަށް: ރޮޒައިނާ

ރިޔާސީ އިންތިހާބުގައި އައްޑޫގެ މެޖޯރިޓީ ލިބޭނީ ރައީސަށް: ރޮޒައިނާ

04 ޖޫން 2023

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑޫގެ އަޣުލަބިއްޔަތު މީހުންގެ ވޯޓު ލިބޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ސ. ފޭދޫން ފާތިމަތު އަޖްފާން

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑޫގެ އަޣުލަބިއްޔަތު މީހުންގެ ވޯޓު ލިބޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.

ފޭދޫގެ އެމްޑީޕީ ޖަގަހަ ހުޅުވުމަށް ފަހު، ނޫސްވެރިންނާ ވަހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ އިތުރުން އެހެން ޕާޓީތަކުގެ މީހުންގެ ވޯޓު ވެސް އައްޑޫ އިން ލިބޭނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށެވެ.

"... އަދި އަޅުގަނޑަށް މިހާރު ފެންނަ ތަނުގައި އެމްޑީޕީގެ އިތުރުން އެހެން ޕާޓީތަކުގެ މީހުންނާއި އެެއްވެސް ޕާޓީއަކަށް ނުވާ ނިއުޓްރަލް މީހުންގެ ވޯޓު ވެސް ރައީސަށް މި ފަހަރު ލިބިގެންދާ ތަން އައްޑޫ ސިޓީން ފެނިގެ ންދާނެ،" އެމްޑީޕީގައި މިހާރު އެންމެ ބާރުގަދަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ އަދި އައްޑޫގެ މޭޔަރު ނިޒާރު: ރޮޒައިނާ ވިދާޅުވީ އައްޑޫގެ މީހުން ވެސް ތިބީ ރިޔާސީ އިންތިހާބުގައި ރައީސަށް ވޯޓު ދޭން ކަމަށް.-- ފޮޓޯ: ރައީސް އޮފީސް

ރޮޒައިނާ އަދި އައްޑޫގެ މޭޔަރު ނިޒާރު: ރޮޒައިނާ ވިދާޅުވީ އައްޑޫގެ މީހުން ވެސް ތިބީ ރިޔާސީ އިންތިހާބުގައި ރައީސަށް ވޯޓު ދޭން ކަމަށް.-- ފޮޓޯ: ރައީސް އޮފީސް

އޭގެ އެއް މިސާލަކަށް އޭނާ ދެއްކެވީ ރައީސް އިއްޔެ އައްޑު އަށް ވަޑައިގަތުމުން އައްޑޫ މީހުން ކިޔާފައިވާ ހޫނު މަރުހަބާ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަން މަރަދު އަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެއްވުމުން، އެ އެންމެންނާ އެ މަނިކުފާނަށް ސަލާމްކޮށް ނިންމައިލެވުނީ ގަޑިއެއްހާއިރު ފަހުންނެވެ.

"ވަރަށް ޒަމާން ވެއްޖެ އައްޑޫ ސިޓީގެ ރައްޔިތުންނަށް ކޮންމެ ވެރިކަމެއްގައި ވެސް ކޮށްދޭނަން، ކޮށްދޭނަން، މި ވައުދުތައް ވަމުން އަންނަތާ. އެކަމަކު މިއަދު ފެނިގެން އެ ދިޔައީ ހަމަ މަސައްކަތް ފެށިގެން ދިޔަތަން. މަސައްކަތް ކުރިއަށް ދަނިކޮށް ރައީސް މި ވަޑައިގެންނެވީ ވެސް،" އައްޑޫގެ ބިން ހިއްކުމަށް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު އިއްޔެ ރަސްމީކޮށް ފެށުމާ ގުޅިގެން އެ އަަށް އިޝާރާތް ކުރައްވައި ރޮޒައިނާ ވިދާޅުވި އެވެ.

"މިހާރު އެންމެންނަށް ވެސް ގަބޫލު ކުރެވޭ ހަމަ ކޮށްދޭން ވެގެން ވިދާޅުވާ އެއްޗެއް ކަން އެއީ ހަމަ، ހަމަ ހުރެފައި ވިދާޅުވާ ވާހަކަތަކެއް ނޫން ކަން."

ރޮޒައިނާ ވިދާޅުވިގޮތުގައި، އައްޑޫ މީހުން ދައްކުވައިދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވާ ވާހަކަފުޅުތައް ގަބޫލުކުރާ ކަމުގެ ހެއްކެވެ.

އައްޑޫ ބިންހިއްކުމުގެ ރަސްމިޔާތުގައި އެ ސިޓީގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަނދާނީ ފިލައެއް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ބިންހިއްކުމުގެ ރަސްމިޔާތުގައި އެ ސިޓީގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަނދާނީ ފިލައެއް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ބިން ހިއްކައި ގޯތި ލިބުމަކީ އައްޑޫގެ މީހުން ވަރަށް ބޭނުންވެފައިވާ ކަމެއް ކަމަށެވެ. އެ ތަފާތު މި އަހަރުގެ ރިޔާސީ އިންތިހާބުން ވެސް ފެންނާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހިންގަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގަ އެވެ. އެ މަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.