ސަރުކާރާ ދެކޮޅު ކޯލިޝަންގެ ވިސްނުން ހުރީ އަންނަ ޖެނުއަރީ މަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރި ނުވުމަށް ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.
09 ޖޫން 2016
ސަރުކާރާ ދެކޮޅު ކޯލިޝަންގެ ވިސްނުން ހުރީ އަންނަ ޖެނުއަރީ މަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރި ނުވުމަށް ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތައް ހިމެނޭ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ސްޕޯކްސް ޕާސަން އަހްމަދު މަހްލޫފް ވިދާޅުވީ މިއަދު ބޭއްވި ހިޔަނި ކެބިނެޓްގެ ބައްދަލުވުމުގައި މަޝްވަރާކޮށް އިބްތިދާއީ ވިސްނުމަކީ ކައުންސިލް އިންތިހާބުގައި ބައިވެރި ނުވުން ކަމަށެވެ. އިއްތިހާދުގައި ހިމެނޭ އެމްޑީޕީ އާއި އަދާލަތު ޕާޓީން އިތުރަށް އެކަމާ މެދު މަޝްވަރާކޮށް ޕާޓީ ލެވެލްގައި ނިންމުންތަކެއް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކެބިނެޓްގެ އިބްތިދާއީ ވިސްނުމަކީ ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިނުވުން،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިހާބު ބޮއިކޮޓްކުރަން ހިޔަނި ކެބިނެޓުގެ ވިސްނުން ހުރީ އިލެކްޝަންސް ކޮމިޝަނުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވައި، ޕީޕީއެމްގެ ގޮތްޕެއްގެ ގޮތުގައި އެ ކޮމިޝަން މަސައްކަތް ކުރަމުންދާއިރު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރެވޭތީ އެވެ. އަދި ސިޔާސީ ވަކި ފިކުރަކަށް ތާއީދުކޮށް މަސައްކަތް ކުރާ ކޮމިޝަނުން އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން ބޭނުން ކުރަނީ ވަކި މަގްސަދެއް ހާސިލްކުރަން ކަމަށް ގަބޫލުކުރެވޭތީ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަނަކީ މިނިވަން ތަނެއް ކަމަށް ގަބޫލެއް ނުކުރެވޭ. އެފަދަ ތަނަކުން އިލެކްޓްރޯނިކް ވޯޓިންއާ އެކު އިންތިހާބު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ބާއްވާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" މަހްލޫފް ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދުގައި ރަސްމީކޮށް ހިމެނޭ ދެ ޕާޓީ އަކީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އެވެ. އެ އިއްތިހާދުން އަމާޒު ހިފާފައި ވަނީ ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކޮށް ރާއްޖޭގައި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށެވެ. މި މަސައްކަތުގައި އިއްތިހާދުގެ އިސް ލީޑަރަކީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. އެމަނިކުފާނާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ކަލަންޑަރުގައިވާ ގޮތުން ކައުންސިލް އިންތިހާބު އޮންނާނީ ޖެނުއަރީ 14 ގަ އެވެ.
އީސީ މިނިވަން ނަމަ އިންތިހާބުން ބަލިކުރާނަން: އެމްޔޫއޯ
"ކައުންސިލް އިންތިހާބަކީ ފުރުސަތެއް، ދުލެއް ނުދޭނަން"
ކައުންސިލް އިންތިހާބު އިންސާފުވެރިއެއް ނުވާނެ: އެމްޔޫއޯ
އީ ވޯޓިންގެ ކަންބޮޑުވުންތައް ހައްލުކުރަން ތައްޔާރު
ބައި އިލެކްޝަންގެ ގިނަ ގޮނޑިތައް ސަރުކާރަށް
ފަސް ގޮނޑިއާ އެކު، ޕީއެންސީ އަށް ބޮޑު ކާމިޔާބީއެއް!
ދިއްގަރާއި ގާދިއްފުށީ ކައުންސިލްގެ ގޮނޑި އެމްޑީޕީއަށް
އީސީން މައްސަލަ ނިންމީ މަހްލޫފާ އެއްކޮޅަށް
ޝަކުވާ އަށް ޖަވާބު ނުލިބުމުން މަހުލޫފު އީސީ އަށް
އެމްޑީޕީގެ ކެންޑިޑޭޓަކު ވޯޓަކާ ނުލައި ހޮވިއްޖެ