އަންނަ ޖެނުއަރީ މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ނުބޭއްވޭނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.
19 ނޮވެމްބަރ 2016
އަންނަ ޖެނުއަރީ މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ނުބޭއްވޭނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.
އެމްޔޫއޯ އިން ލޯކަލް ކައުންސިލް އިންތިހާބަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދޭން އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަން އިން މަސައްކަތް ކުރަމުން ދަނީ ވަކި ކޮޅަކަށް ބުރަވެގެން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޔޫއޯއިން ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންނަށް ބިރުދައްކަ އެވެ. އަދި އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ކަޅު ފައިސާ ބޭނުންކުރާކަމުގެ ތުހުމަތު ވެސް އޭނާ ކުރެއްވި އެވެ.
އަލީ ޒާހިރު ވިދާޅުވީ ވަކި ފަރާތްތަކެއް ބޭނުންހާ ގޮތަކަށް ކަންކަން ކުުރުމުގެ ފުރުސަތު ދޭން ރާއްޖޭގެ މިނިވަން މުއައްސަސާތަކުން ވެސް ބައިވެރިވާ ކަމަށެވެ.
"ހަމަ އާއި އިންސާފަކުން ނޫން މިހާރު ކަންތައްތައް މިދަނީ،" އަލީ ޒާހިރު ވިދާޅުވި އެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ލޯކަަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އަންނަ ބުރާސްފަތި ދުވަހު އައްޑޫގައި ރަސްމީކޮށް ފަށާނެ ކަމަށެވެ. އެ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ދޫކޮށްދޭން އެދި ހައުސިން މިނިސްޓްރީގައި ދެ ހަފުތާ ކުރިން އެދިފައި ވިޔަސް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"[މިއީ] ރާއްޖޭގައި އަދުލުގެ ވެރިކަމެއް ގާއިމްކުރުމަށް އަދި ކައުންސިލްތައް ބާރުވެރި ކުރުވުމާއި، ވެރިކަމުގެ ބާރުތައް ލާމަރުކަޒީ ކުރުމާއި އަދި މުއައްސަސާތަކުގެ މުސްތަގިއްލުކަން ކަށަވަރުކުރުމަށް [ހިންގާ ކެމްޕޭނެއް]. މައިގަނޑު މި ހަތަރު ޝިއާރާ އެކު ލާމަރުކަޒީ ރާއްޖެ އަށް އަޅުގަނޑުމެން ކެމްޕޭން ފަށަނީ،" ޝިފާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކިތައްމެ ޝަކުވާއެއް ހުރި ކަމަށް ވިއަސް ވޯޓު ލާން ޖެހޭނެ ކަމަށާއި ރައްޔިތުންގެ ގެއްލެމުން ދާ ހައްގުތައް ހޯދައިދޭމް މަސައްކަތް ވެސް ކުރާނެ ކަމަށެވެ.
އީސީ މިނިވަން ނަމަ އިންތިހާބުން ބަލިކުރާނަން: އެމްޔޫއޯ
"ކައުންސިލް އިންތިހާބަކީ ފުރުސަތެއް، ދުލެއް ނުދޭނަން"
ލަފާތައް ގަބޫލުނުކޮށް އިންތިހާބު އިންސާފުވެރިއެއް ނުވާނެ
އީ ވޯޓިންގެ ކަންބޮޑުވުންތައް ހައްލުކުރަން ތައްޔާރު
ވިސްނުން ހުރީ ކައުންސިލް އިންތިހާބުގައި ބައިވެރިނުވަން
ބައި އިލެކްޝަންގެ ގިނަ ގޮނޑިތައް ސަރުކާރަށް
ފަސް ގޮނޑިއާ އެކު، ޕީއެންސީ އަށް ބޮޑު ކާމިޔާބީއެއް!
ދިއްގަރާއި ގާދިއްފުށީ ކައުންސިލްގެ ގޮނޑި އެމްޑީޕީއަށް
އެމްޑީޕީގެ ކެންޑިޑޭޓަކު ވޯޓަކާ ނުލައި ހޮވިއްޖެ
އަމިއްލަގޮތުން ނިކުތް 38 މީހަކު އެމްޑީޕީން ވަކިކުރަނީ