ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފަށް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމާފައިވާ ނިންމުމާ ގުޅިގެން، އެ މައްސަލަ ބަލައި ދިނުމަށް އޭނާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލަ މަހުލޫފާ އެއްކޮޅަށް ނިންމައިފި އެވެ.
01 ސެޕްޓެމްބަރ 2021
ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފަށް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމާފައިވާ ނިންމުމާ ގުޅިގެން، އެ މައްސަލަ ބަލައި ދިނުމަށް އޭނާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލަ މަހުލޫފާ އެއްކޮޅަށް ނިންމައިފި އެވެ.
މަހްލޫފް ހުށަހެޅި މައްސަލަ ބެލުމަށް ފަހު، އެ ކޮމިޝަނުން އެމްޑީޕީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ މެމްބަރަކަށް ވަކި ޝަރުތުތަކެއް ކަނޑައަޅާ ނަމަ، އެ މަގާމަށް މީހުން އިންތިހާބު ކުރާނެ ގޮތުގެ އުސޫލެއް ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެ ޕާޓީގެ އަސާސީ ގަވާއިދުގައި އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕާޓީގެ މެމްބަރުކަން ފިޔަވައި، ވަކި ހާއްސަ ޝަރުތެއް ބަޔާންކޮށްފައެއް ނެތެވެ.
ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އާ ޝަރުތުތަކެއް ކަނޑައާޅަ ނަމަ، އެކަން ކުރެވޭނީ އެމްޑީޕީގެ އަސާސީ ގަވާއިދު އިސްލާހުކޮށްގެން ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވެ އެވެ.
އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން މީގެ ކުރިން ވަނީ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ބައިވެރިވެވޭނީ ވަކި ތުހުމަތުތަކުން ބަރީއަވެފައިވާ މީހުންނަށް ކަމަށް ކަނޑައަޅައިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނާއި ކޮރަޕްޝަނާއި ހިޔާނާތާއި ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބަޔާން ކޮށްފައިވާ މީހުންނާއި މީހަކު މެރުމާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ކޮށްފައިވާ މީހުންނަށް އެމްޑީޕީގެ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
އިންތިހާބާ ގުޅޭގޮތުން އެމްޑީޕީގެ ނިންމުން އައިއިރު، އޭސީސީން ދިޔައީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މަހުލޫފުގެ މައްސަލައެއް ބަލަމުންނެވެ. އެ މައްސަލައިގައި ދައުވާކުރަން އޭގެ ފަހުން ފޮނުވާފައިވެ އެވެ. އެހެންވެ، މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް އެމްޑީޕީން އެންގުމުން، އެކަން އަލުން ބަލައި ދިނުމަށް އޭނާ ވަނީ ޕާޓީގައި އެދިވަޑައިގެންފަ އެވެ.
މަހުލޫފު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅި ޝަކުވާ އަށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އެ އިންތިހާބު ބާއްވަން ކައިރިވެފައިވާއިރު، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އީސީ އަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ކުރިން ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅޭގޮތުން މަހުލޫފު ވިދާޅުވެފައި ވަނީ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމުމަކީ އެ ޕާޓީން ވަކާލާތުކުރި، އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގާއި އިދިކޮޅު އަދި ޑިމޮކްރަސީގެ ރޫހާ ވެސް ހިލާފު ނިންމުމެއް ކަމަށެވެ.
މަހުލޫފުގެެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވެސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެންގި އެވެ. އެކަމަކު، އެ މައްސަލަ އިސްތިއުނާފުކުރުމުން ކޮމިޓީން ވަނީ އިންތިހާބުގައި އޭނާ އަށް ވާދަކުރެވޭނެ ކަމަށް ނިންމައިފަ އެވެ.
ޝަކުވާ އަށް ޖަވާބު ނުލިބުމުން މަހުލޫފު އީސީ އަށް
ނުކުޅެދޭ މީހުންގެ ކަރުދާހުގައި އޮފިޝަލުން ފާހަގަ ޖަހަނީ
އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ބާއްވަން ނިންމައިފި
އެމްޑީޕީގެ ކޮންގްރެސް އަށް ދަރުބާރުގެ ދޭން އެދިއްޖެ
ކޮންގްރެސް ބާއްވަން އެމްޑީޕީން ފައިސާ ހޯދަން ފަށައިފި
އީސީން ފައިސާ ނުދޭތީ އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްފި
ވިސްނުން ހުރީ ކައުންސިލް އިންތިހާބުގައި ބައިވެރިނުވަން
އެމްޑީޕީ މުޒާހަރާގައި ދެއްކި ވާހަކަ ކުށްވެރިކޮށްފި
ބައި އިލެކްޝަންގެ ގިނަ ގޮނޑިތައް ސަރުކާރަށް
އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ޕީއެންސީ ވެއްޖެ