މި އަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން 10 ވަރަކަށް ދުވަހުގެ ބޮޑު ބަންދެއް މި މަހުގެ ފަހު ހަފުތާގައި ލިބޭތީ، 22 ގެ ކުރިން ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
06 ޖޫން 2023
މި އަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން 10 ވަރަކަށް ދުވަހުގެ ބޮޑު ބަންދެއް މި މަހުގެ ފަހު ހަފުތާގައި ލިބޭތީ، 22 ގެ ކުރިން ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުން މި މަހުގެ މުސާރަ ޕްރޮސެސް ކުރާ އެންމެ ފަހު ދުވަހަކީ 22 ވަނަ ދުވަހެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ސާކިއުލާގައި ވަނީ ސަރުކާރުގެ އިދާރާތަކުގެ އެކައުންޓިން ސޮފްޓްވެއާ ބޭނުންކޮށްގެން، އޮފީސްތަކުގެ މުސާރައިގެ ވައުޗަރުތައް މި މަހުގެ 19 ގެ ކުރިން ހުށަހެޅުމަށެވެ.
މި މަހުގެ މުސާރައިގެ އިތުރުން ދުވަހުގެ އަދަދުން ހިސާބު ކުރާ އިނާޔަތްތަކާއި އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ބަލަން ވާނީ މޭ 16 އިން މި މަހުގެ 10 ދުވަހުގެ ނިޔަލަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުން މުސާރަ އާންމުކޮށް ޖަމާކުރަނީ މަހުގެ 28-30 އާ ދެމެދުގަ އެވެ. ނަމަވެސް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމާފައި ވަނީ އެ ބޭންކާއި އެހެން ބޭންކުތައް މި މަހުގެ 26 ވަނަ ދުވަހު ހުޅުވާ ގޮތަށެވެ. ބޭންކުތައް ހުޅުވާފައި ހުންނާނީ އެމްއެމްއޭ އިން ހަމަޖައްސާފައިވާ ގޮތުން އެ ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 2:00 އަށެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވަނަ ދުވަހެވެ. އަޟްހާ އީދު ދުވަހަކީ މި މަހުގެ 28 ވަނަ ދުވަސް ކަމަށް ވާއިރު، އީދު ދުވަހުގެ މުނާސަބަތާ ގުޅިގެން ތިން ދުވަސް ބަންދު ކަމަށް ކަލަންޑަރުގައި ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް ހައްޖު ދުވަހުގެ ކުރިން އަންނަ 25،26 ވަނަ ދުވަސް ވެސް ބަންދުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާތީ ހައްޖު ދުވަހާއި އީދު ދުވަހާ ގުޅިގެން ހަފުތާ ބަންދު ދުވަސްތަކާ އެކު ބޮޑު ބަންދެއް ލިބެ އެވެ.
"އާބާދީގެ 46 ޕަސެންޓަށް މުސާރަވަނީ ބޮޑުކޮށްދީފައި"
ހާޒިރީ އެލަވަންސް ދެނީ ޝިފްޓް ޑިއުޓީގެ ސްޓާފުންނަށް
ސިއްހީ ދާއިރާގެ އެންމެންގެ މުސާރަ ބޮޑުވާނެ: ފިނޭންސް
ބައެއް މީހުންނަށް ޖަމާކުރި މުސާރަތަކުގައި މައްސަލަ!
ހާހަކަށް ވުރެ ގިނަ މީހުންނަށް އިތުރަށް ފައިސާ ޖަމާވި
މުސާރަ އެއްހަމަކުރާ ފްރޭމްވޯކް އޮތީ ފަހު މަރުހަލާގައި
މާޗްމަހުގެ އޯޓީ މި މަހުގެ މުސާރައާ އެކު ލިބޭނެ:އަމީރު
ސިވިލް ސާވަންޓުންގެ މުސާރަ އަންނަ އަހަރު ބޮޑު ކުރަނީ
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
ސިވިލް ސާވަންޓުންގެ މުސާރަ އަންނަ މަހު ބޮޑުކުރަނީ