Roadha Mihaaru
ހާހަކަށް ވުރެ ގިނަ މީހުންނަށް އިތުރަށް ފައިސާ ޖަމާވި

އިތުރަށް ފައިސާ ޖަމާވި މީހުންގެ އަދަދު ހާހަކަށް ވުރެ ގިނަ

01 ސެޕްޓެމްބަރ 2021

މިދިޔަ މަހުގެ މުސާރައިގެ ގޮތުގައި އިތުރަށް ފައިސާ ޖަމާވި މުވައްޒަފުންގެ އަދަދު ހާހަކަށް ވުރެ ގިނަކަން "މިހާރު" އަށް ޔަގީން ވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ މަހުގެ މުސާރައިގެ ގޮތުގައި އިތުރަށް ފައިސާ ޖަމާވި މުވައްޒަފުންގެ އަދަދު ހާހަކަށް ވުރެ ގިނަކަން "މިހާރު" އަށް ޔަގީން ވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މިހާތަނަށް ބެލިބެލުމުން ވެސް އެ އަދަދު ހާހަކަށް ވުރެ އިތުރުވެ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.

ސިއްހީ ދާއިރާގެ ގިނަ މުވައްޒަފުންތަކަކަށް މިދިޔަ މަހުގެ މުސާރަ އިތުރަށް ޖަމާވެފައި ވާތީ، އެ ފައިސާ ހިފަހައްޓަން ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ބައެއް ބޭންކްތަކަށް އަންގައިފަ އެވެ. މުސާރަ ޖަމާކޮށްފައި ވަނީ އިއްޔެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެކި ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ 100 އަށް ވުރެ ގިނަ ގިނަ މުވައްޒަފުންނަށް އިތުރަށް މުސާރަ ޖަމާވެފައިވެ އެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުންނަށް 70،000ރ. އިން މަތިން ވެސް ޖަމާވި އެވެ. އަދި ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވީ މަދުންނެވެ.

އެ މައްސަލަ ދިމާވީ ފިނޭންސް މިނިސްޓްރީ އަށް ހެދުނު ގޯހަކުން ކަން ވެސް އެނގިފައިވެ އެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ މުވައްޒަފުންތަކަކަށް އިތުރަށް މުސާރަ ޖަމާވި މައްސަލަ ފާހަގަވެފައިވާ ކަމަށާއި އެކަން އިތުރަށް ބަލަމުން އަންނަކަމަށެވެ.