06 ޖޫން 2023
އެއްވެސް މީހަކަށް ހަމާދޭން ނޫޅުއްވާ ކަމަށާއި، ސިޔާސީ ކަންކަމުގައި އަބަދުވެސް ކުރި ހޯއްދަވާނީ ވޯޓުން ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
އެއްވެސް މީހަކަށް ހަމާދޭން ނޫޅުއްވާ ކަމަށާއި، ސިޔާސީ ކަންކަމުގައި އަބަދުވެސް ކުރި ހޯއްދަވާނީ ވޯޓުން ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
އަލީ ނިޔާޒް މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އޭނާއަށް އެ ތުހުމަތުކުރައްވާ ވީޑިއޯއެއް އާންމުވެފައިވަނިކޮށެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މިއަދު ޓުވީޓް ކުރެއްވި ވީޑިއޯއެއްގައި ވެސް ނަޝީދާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް އާ ދެމެދު ދެކެވުނު ވާހަކަތަކެއް ހާމަވި އެވެ.
އެ ވީޑިއޯ އިން ވިދާޅުވާ އެއްޗެއް މާ ބޮޑަށް ސާފު ނުވިޔަސް "ގަޔަށް އަރަން އުޅުނު" ވާހަކަ ނަޝީދު ވިދާޅުވި އަޑު އިވެ އެވެ.
އެ ވީޑިއޯ އާ ގުޅުވައި އަލީ ނިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަކީ ކުޅިވަރު ކުޅުނު މީހެއް ކަމަށާއި ކުޅިވަރުގަ ދަސްވި އެއްކަމަކީ މޮޅުވުމާއި ބަލިވުން އޮންނަ ކަމަށެވެ.
"ކޮންމެ ފަހަރަކު މޮޅެއް ނުވާނެ. ބަލިވާ ފަހަރު ބަލި ގަބޫލު ކުރަންވާނެ. އެއީ ވެސް ރީތި ސިފައެއް. އެއްވެސް މީހަކަށް ހަމަލާދޭކަށް ނޫޅެން. ބަލިކުރާނީ އަބަދުވެސް ވޯޓް އިން،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދަން ނަޝީދު ހުރަސް އަޅުއްވާ ކަމަށް ބުނެ މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެންބަރުން އިއްޔެ އާއި މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވައި ރިޔާސަތާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ނަޝީދާއި އެމްޑީޕީ މެންބަރުންގެ މެދުގައި ތަޅުމުން ބޭރުގައި ވެސް ގިނަ ޒުވާބުތަކެއް ހިނގި އެވެ.
"މިހާރު" އާ ވާހަކަ ދެއްކެވި އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވީ މަޖިލީހުގެ ސައި ކޮޓަރީގައި އިއްޔެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އަށް ވެސް ނަޝީދު އިންޒާރު ދެއްވި ކަމަށެވެ.
"އެހެން މެންބަރަކާ ވާހަކަ ދައްކަން ހުއްޓާ އައިސް ވިދާޅުވި ދަތްޕިލަ ދުއްވާލާނަމޭ،" އޭނާ ތުހުމަތު ކުރެއްވި އެވެ.
ނަޝީދު ފަހަކަށް އައިސް ވަރަށް ގިނައިން އެފަދަ ގޮތަކަށް އިންޒާރު ދެއްވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
މަޖިލިސް ކުރިއަށް ނުގެންދެވި ހުއްޓިފައި ވަނީ ރިޔާސަތުގައި އިންނަވައިގެން ނަޝީދު އަމަލުކުރައްވާ ގޮތުން ކަމަށް ބުނެ، އެމަނިކުފާނު ރިޔާސަތުން ދުރުކުރަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އިތުރު ޖަލްސާއެއް ނުބޭއްވޭނެކަމަށް ކަނޑައަޅަން އެދިއްޖެ
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
ސޮއި ހަމަނުވާތީ ނަޝީދުގެ މައްސަލަ ކުރިއަށް!
ސަރުކާރު ބަންދަސް މަޖިލިސް ބާއްވަން ނިންމައިފި
ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންނަން ނިންމައިފި
ޑިމޮކްރެޓުން ލާން ކޮމިޓީތައް އަލުން އެކުލަވާލަނީ؟
ނަޝީދު ކުޅުއްވި "ޑްރާމާ" އަމީންއާންމުގެ ސިޓީން ސާފު!
އާންމު ކޮމިޓީގެ ބައްދަލުވުމަކަށް އެމްޑީޕީން ގޮވާލައިފި
ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ނަޝީދު ވަކިކުރުމާ ދެކޮޅު
އީވާ ވަކިކުރާ މައްސަލަ ވެސް މަޑުޖެހުމުގެ ފުރުސަތު ބޮޑު