06 ޖޫން 2023
"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަން މަސައްކަތްކުރާ ޕާޓީ އަށް ސޮއިކުރި މީހުންގެ ލިސްޓު ލީކުވުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެއްވެސް އިހުމާލެއް ނެތް ކަމަށް އެ ކޮމިޝަނުން މިރޭ ބުނެފި އެވެ.
"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަން މަސައްކަތްކުރާ ޕާޓީ އަށް ސޮއިކުރި މީހުންގެ ލިސްޓު ލީކުވުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެއްވެސް އިހުމާލެއް ނެތް ކަމަށް އެ ކޮމިޝަނުން މިރޭ ބުނެފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބުނު ބޮޑު ނާކާމިޔާބީ އަށް ފަހު، އެ މަނިކުފާނު އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަންގެ އިސް މެމްބަރުން އުފައްދަން މަސައްކަތް ކުރާ ޑިމޮކްރެޓްސް އިން ހުށަހެޅި އެ މައްސަލަ ބެލުމަށް ފަހު، އީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއީ އެ ކޮމިޝަނުގެ ތެރެއިން ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ. އެ ކަހަލަ ކަމެއް އެ ކޮމިޝަނުގެ އެއްވެސް މެމްބަރަކު ނުވަތަ މުވައްޒަފަކު ކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ގާތްވާއިރު އީސީ އަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ގޮތަށް އެއްވެސް ފަރާތަކުން އެ ކޮމިޝަނާ މަތިކޮށް އެއްވެސް ވާހަކައެއް ނުދެއްކުމަށް އެ ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.
ޑިމޮކްރެޓްސް އަށް ސޮއިކުރި މީހުންގެ ލިސްޓު އީސީގެ ވެބްސައިޓުގައި އާންމުނުކުރަނީސް، އެ ލިސްޓު ލީކުވި މައްސަލައެއް ޑިމޮކްރެޓްސް އިން ވަނީ އީސީގެ އިތުރުންނަށް ފުލުހުންނަށް ހުށަހަޅައިފަ އެވެ. އެހެންވެ، އީސީން އެ މައްސަލަ ބެލީ އެވެ.
ޑިމޮކްރެޓްސް އިން ތުހުމަތު ކުރި ގޮތުގައި އެ ލިސްޓު ލީކުވީ އީސީގެ ތެރެއިންނެވެ.
އެ ލިސްޓުގައި ނަން އޮތް މީހުންނަށް، ސަރުކާރަށް ވާގިދޭ މީހުން ގުޅައި ބިރުދައްކަމުން ދާ ކަމަށް ވެސް ޑިމޮކްރެޓްސް އިން ތުހުމަތުކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނޭ، ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން 3،500 މެމްބަރުންގެ ފޯމު އީސީ އަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޑިމޮކްރެޓްސް އަށް ބިރު ދައްކާ ކަމަށް ބުނެ މަޖިލީހަށް!
ޑިމޮކްރެޓްސްގެ ލިސްޓު އީސީން ލީކުވިތޯ ބަލަނީ
އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގެ ވޯޓުލުން ފަށައިފި
ތިން ޕާޓީއެެެއް 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި
އިންތިހާބު ފަސްކުރާ ބިލާ މެދު ގޮތެއް ނިންމުން މިއަދު
ސަރުކާރާ ދެކޮޅަށް އެމްޑީޕީ/ޑިމޮކްރަޓްސް އެއްގަލަކަށް
މެމްބަރު ޝިޔާން އަލުން އެމްޑީޕީއަށް
އީސީ އޮތީ ގުޑައިފައި: އިތުބާރު ހޯދިދާނެތަ؟
ޑިމޮކްރެޓްސްގެ ހުއްދަ ލަސްވަނީ އިދާރީ ކަންކަން ނުނިމޭތީ
ޑިމޮކްރެޓްސް ރަޖިސްޓްރީނުކޮށްގެން އަދިވެސް އީސީގައި