04 ޖޫން 2023
"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަން މަސައްކަތްކުރާ ޕާޓީ އަށް ސޮއިކުރި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ލީކުވި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަން މަސައްކަތްކުރާ ޕާޓީ އަށް ސޮއިކުރި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ލީކުވި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެ ޕާޓީއަށް ސޮއިކުރި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމުނުކުރަނީސް، އެ ލިސްޓު ލީކުވި މައްސަލައެއް ޑިމޮކްރެޓްސް އިން ވަނީ އީސީ އަށާއި ފުލުހުންނަށް އިއްޔެ ހުށަހަޅައިފަ އެވެ.
އެހެންވެ، އީސީގެ ރައީސް ފުއާދު ތައުފީގު "މިހާރު" އަށް ވިދާޅުވީ ލިސްޓު ލީކުވި މައްސަލައެއް ޑިމޮކްރެޓްސް އިން އެ ކޮމިޝަނަށް ހުށަހެޅުމުން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަމުން ގެންދަނީ އެކަންވީ އީސީގެ ތެރެއިންތޯ، ޝައްކުވާ މީހަކު ހުރިތޯ، ނޫންތޯ،" އޭނާ ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އިން ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި އެމްޑީޕީގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް އާއި ހޮޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޑިމޮކްރެޓްސް އިން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ މެމްބަރުންގެ ލިސްޓު އާންމުކުރުމުގައި އީސީން އަމަލުކުރަން ޖެހޭ އުސޫލެއް އޮންނަ ކަމަށެވެ. އެ އުސޫލުގެ ތެރެއިން އެ މައުލޫމާތު އާންމުކުރަން ޖެހެނީ އެ ކޮމިޝަންގެ ވެބްސައިޓްގައި ކަމަށް ވިދާޅުވި އެވެ. ނަމަވެސް، ވެބްސައިޓުގައި އާންމުކުރުމުގެ ކުރިން، ބައެއް އާންމު މެމްބަރުންގެ އަތުގައި މިހާރު އެ ލިސްޓު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން [އީސީ] އަށް ހުށަހެޅި އިރުގައި ނެތް މައުލޫމާތާ އެކީގައި އެ ލިސްޓު ފުރިހަމަވެފައި އޮތީމާ މާ ބޮޑަށް ސާފުވޭ އެއީ އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން އެ ބޭފުޅުން ހޯދާފައި އޮތް ލިސްޓެއްކަން ވެސް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އެންމެ އިސް އޮފިޝަލުންނާއި އެންމެ އާދައިގެ އޮފިޝަލުން އަދި އެހެން ވެސް ސިޔާސީ މުވައްޒަފުންގެ އަތުގައި މި ލިސްޓު އެބައޮތް ކަމަށް ޝިފާޒް ތުހުމަތުކުރެއްވި އެވެ.
އެ ލިސްޓުގައި ނަން އޮތް މީހުންނަށް، ސަރުކާރަށް ވާގިދޭ މީހުން ގުޅައި ބިރުދައްކަމުން ދާ ކަމަށް ވެސް ޑިމޮކްރެޓްސް އިން ތުހުމަތުކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނޭ، ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން 3،500 މެމްބަރުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޑިމޮކްރެޓްސްގެ ހުއްދަ ލަސްވަނީ އިދާރީ ކަންކަން ނުނިމޭތީ
ޑިމޮކްރެޓްސްގެ ލިސްޓު ލީކުވުމުގައި އިހުމާލެއް ނެތް!
ޑިމޮކްރެޓްސް އަށް ބިރު ދައްކާ ކަމަށް ބުނެ މަޖިލީހަށް!
ހުރިހާ ޕާޓީތަކަށް ފައިސާދީގެން އޮތީ ކޮން ފައިދާއެއް؟
ހުރިހާ ޕާޓީތަކަށް ފައިސާ ދޭން ގާނޫނު ބަދަލުކުރަނީ
އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގެ ވޯޓުލުން ފަށައިފި
ތިން ޕާޓީއެެެއް 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި
މަގާމުން ވަކިކޮށް އެއްލައިލަން އުޅުނީ އެމްޑީޕީން:ފުއާދު
އިންތިހާބު ފަސްކުރާ ބިލާ މެދު ގޮތެއް ނިންމުން މިއަދު
ސަރުކާރާ ދެކޮޅަށް އެމްޑީޕީ/ޑިމޮކްރަޓްސް އެއްގަލަކަށް