Roadha Mihaaru
ތަށި ހޯދިޔަސް ޕީއެސްޖީން ގަލްޓިއޭ އަށް ޖާގައެއް ނެތް

ތަށި ހޯދިޔަސް ޕީއެސްޖީން ގަލްޓިއޭ އަށް ޖާގައެއް ނެތް، ނާގެލްސްމަންއާ ވާހަކަ ދައްކަނީ

07 ޖޫން 2023

ޕެރިސް (ޖޫން 7) - ފްރާންސް ލީގުގެ ތަށި ހޯދައި ދިން ނަމަވެސް، ޕީއެޖީގެ ކޯޗު ކަމުން ކްރިޓޯފް ގަލްޓިއޭ ވަކިކޮށްފި އެވެ.

ޕެރިސް (ޖޫން 7) - ފްރާންސް ލީގުގެ ތަށި ހޯދައި ދިން ނަމަވެސް، ޕީއެޖީގެ ކޯޗު ކަމުން ކްރިޓޯފް ގަލްޓިއޭ ވަކިކޮށްފި އެވެ.

މި ސީޒަންގެ ލީގު ޕީއެސްޖީ އަށް ހޯދައި ދިން ނަމަވެސް، ގަލްޓިއޭ ވަކި ކުރަން ޕީއެސްޖީން ނިންމީ ޗެމްޕިއަންސް ލީގުގައި ކާމިޔާބު ހޯދައި ނުދެވުމުންނެވެ. ޗެމްޕިއަންސް ލީގުގައި އެ ޓީމު ކެޓީ ބަޔާން މިޔުނިކް އަތުން ދެވަނަ ބުރުގަ އެވެ.

ކުރިން ނީސް އަށް ކޯޗުކޮށް ދިން ގަލްޓިއޭގެ ބަދަލުގައި، ޕީއެސްޖީގެ ކޯޗަކަށް އެ ކްލަބުން ގެންދަން މަސައްކަތް ކުރަނީ ބެޔާން މިޔުނިކްގެ ކުރީގެ ކޯޗު ހޫލިއަން ނާގެލްސްމަން އެވެ. ފްރާންސްގެ މީޑިއާތައް ބުނާ ގޮތުން ޕީއެސްޖީން ދަނީ އޭނާ އާ ވާހަކަ ދައްކަމުންނެވެ.

ބައެއް އެހެން ރިޕޯޓްތައް ބުނާ ގޮތުން ސްޕެއިންގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ލުއިސް އެންރީކޭއާ ވެސް ޕީއެސްޖީން ދަނީ ވާހަކަ ދައްކަމުންނެވެ.

އެކަމަކު ބޮޑަށް ބުރަ ވަނީ ނާގެލްސްމަން އަށެވެ. އަދި އޭނާގެ އެސިސްޓެންޓަކަށް ބެލްޖިއަމްގެ ކުރީގެ އެސިސްޓެންޓް ކޯޗު ތިއެރީ އޮންރީ ވެސް ޕީއެސްޖީއާ ގުޅޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.