07 ޖޫން 2023
މިހާރު ކުރިއަށްދާ ހަ ވަނަ މައިލޯ ހޭންޑްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އަންހެން ބައިގެ ސެމީ ފައިނަލްގައި، މިދިޔަ އަހަރުގެ ފައިނަލް ކުޅުނު އޮރިކްސް ހޭންޑްބޯލް ކްލަބާއި ރެޑްހޯކްސް ސްޕޯޓްސް ކްލަބް ވާދަކުރަން ޖެހިއްޖެ އެވެ.
މިހާރު ކުރިއަށްދާ ހަ ވަނަ މައިލޯ ހޭންޑްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އަންހެން ބައިގެ ސެމީ ފައިނަލްގައި، މިދިޔަ އަހަރުގެ ފައިނަލް ކުޅުނު އޮރިކްސް ހޭންޑްބޯލް ކްލަބާއި ރެޑްހޯކްސް ސްޕޯޓްސް ކްލަބް ވާދަކުރަން ޖެހިއްޖެ އެވެ.
ޖުމްލަ 17 ޓީމު ވާދަކުރި އަންހެން ބައިގެ ސެމީ ފައިނަލަށް ޓީމުތައް ހޮވުނީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލްގެ މެޗުތަކަށް ފަހު އެވެ. ކުއާޓާގެ މެޗުތައް ކާމިޔާބުކޮށްގެން ސެމީ ފައިނަލަށް ދަތުރުކުރީ އެންމެ ފަހުގެ ޗެމްޕިއަން އޮރިކްސް އާއި ރަނަރަޕް ރެޑްހޯކްސްގެ އިތުރުން ކީންސް ސްޕޯޓްސް ކްލަބާއި ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސް އެވެ.
ކުއާޓާގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު އޮރިކްސް އިން ވަނީ 26-8 އިން ކްލަބް ޒެފްރޯލް ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އޮރިކްސްގެ ފާތިމަތު އަރުޝާ އެވެ. ރެޑްހޯކްސް އިން ކުއާޓާގެ ދެވަނަ މެޗު ރޭ ކާމިޔާބު ކުރީ 30-21 އިން ސުޕަ ޖެނެރޭޝަން ކްލަބް (އެސްޖީސީ) ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ރެޑްހޯކްސްގެ ޔަޝްފާ އާދަމް އެވެ.
މިއާ އެކު މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުރި ދެ ޓީމު މިވަނީ މިއަހަރުގެ ސެމީ ފައިނަލްގައި ވާދަކުރަން ޖެހިފަ އެވެ. މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕް ފައިނަލުގައި އޮރިކްސް އިން ރެޑްހޯކްސް ބަލިކުރީ 24-21 އިންނެވެ.
ކުއާޓާގެ ތިންވަނަ މެޗުގައި ކީންސް މޮޅުވީ ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 41-16 އިން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ކީންސްގެ ހައްވާ ސުލެއިމާން އެވެ. ޝިޒްނާ ރަޝީދުގެ މޮޅު ކުޅުމާ އެކު ތުޅާދޫ ޔަންގް އީގަލްސް އިން ރޭ ޕްރޯ ސްޕޯޓްސް އެކަޑަމީ ބަލިކުރީ 24-15 އިންނެވެ.
ތުޅާދޫ ޔަންގް އީގަލްސް ސެމީ ފައިނަލްގައި ނުކުންނާނީ ކީންސް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އަންހެން ބައިގެ ސެމީ ފައިނަލްގެ މެޗުތައް ތާވަލް ކުރެވިފައި ވަނީ މާދަމާ ރެއަށެވެ.
ފިރިހެން ބައިގައި މިއަހަރު 10 ޓީމެއް ވާދަކުރިއިރު، ގުރޫޕް ސްޓޭޖު ބުރު ކުރިއަށް ގެންދިޔައީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ޒެފްރޯލް ސެމީ ފައިނަލުން ޖާގަ ހޯދިއިރު، ގުރޫޕްގެ ދެވަނައަށް ދިޔައީ މިދިޔަ އަހަރުގެ ރަނަރަޕް ފިއުުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ އެވެ.
ގުރޫޕް ބީގެ އެއްވަނަ ހޯދީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކުރި ދިވެހި ސިފައިންގެ ކްލަބެވެ. އެޓީމުން ވަނީ އިއްޔެ، ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި 40-20 އިން ޕޮލިސް ކްލަބް ބަލިކޮށްފަ އެވެ. ދެވަނައަށް ދިޔައީ ވެލިދޫ ޔުނައިޓެޑެވެ.
ސެމީ ފައިނަލްގައި ޒެފްރޯލް ވާދަކުރާނީ ވެލިދޫ ޔުނައިޓެޑާ އެވެ. އަދި ދިވެހި ސިފައިންގެ ކްލަބް ނުކުންނާނީ ފިއުޗާ ސްޕޯޓްސް އެކަޑަމީއާ ދެކޮޅަށެވެ.
ފިރިހެން ބައިގެ ސެމީ ފައިނަލް މެޗުތައް ތާވަލް ކުރެވިފައި ވަނީ މިރެއަށެވެ.
ޝަރަފުވެރި އެވޯޑް ދިން އިރު ވެސް އޮތީ ހިޔާނާތް!
ހޭންޑްބޯޅައިގެ ރައީސް އާއި ޖީއެސްގެ މައްސަލަ އޭސީސީއަށް
ހޭންޑްބޯޅައިގެ ޖީއެސް އަންވަރު މަގާމުން ވަކިކޮށްފި
މަލާމާތްތަކުން ގުޑުވައެއް ނުލުވެނު، އެރީ އެއްވަނަ އަށް
20 އަހަރުން ދަށުގެ ހޭންޑްބޯޅަ ޓީމަށް ބްރޯންޒް މެޑަލް
ޒުވާން ހޭންޑްބޯޅަ ދެ ޓީމު ވެސް ފެށީ އިތުބާރާ އެކު
ހޭންޑްބޯލް ޗެމްޕިއަނުންނަކީ ރެޑްހޯކްސް އާއި ޒެފްރޯލް
އޮރިކްސް ކަޓައިފި، ފައިނަލުގައި ރެޑްހޯކްސް އާއި ކީންސް
ހޭންޑްބޯލް: ފިރިހެން ފައިނަލަށް ސިފައިންނާއި ޒެފްރޯލް
ހޭންޑްބޯލް އެސޯސިއޭޝަން ކަޕް: އަންހެން ކުއާޓާ މާދަމާ