Roadha Mihaaru
މަރުވެފައި އޮތް މީހަކު ހުޅުމާލޭގެ ބޭރުން ފެނިއްޖެ

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ހުޅުމާލޭގެ ބޭރުން ފެނިއްޖެ

07 ޖޫން 2023

މަރުވެފައި އޮތް މީހެއް ހަށިގަނޑު ހުޅުމާލެ 2 އާ ދިމާލުން ކަނޑުމަތިން ފެނިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަރުވެފައި އޮތް މީހެއް ހަށިގަނޑު ހުޅުމާލެ 2 އާ ދިމާލުން ކަނޑުމަތިން ފެނިއްޖެ އެވެ.

ފުލުހުން ބުނީ ބިދޭސީއެއް ކަމަށް ބެލެވޭ އެ މީހާގެ ހަށިގަނޑު ފެނުނީ އިއްޔެ ހަވީރު 6 ޖަހާކަން ހާއިރު ކަމަށެވެ. ނަމަވެސް އެއީ ކާކުކަން އަދި ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާ އޮތީ ގިރުވާން ލީ އަތްކުރު ކަޅު ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެއް ލައިގެން އަދި ކަޅު ކުލައިގެ ބޫޓަކަށް އަރައިގެން ކަމަށް ފުލުހުން ބުންޏެވެ.

"ބިދޭސީއެއް ކަމަށް ބެލެވޭ އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ގަލޮޅު މޯޗަރީގަ އެވެ،" ފުލުހުން ބުންޏެވެ.

އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެ އިދާރާއިން އެދިފައިވެ އެވެ.