ހުޅުމާލޭގައި މިއަދު ހިނގި އިތުރު އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
03 އެޕްރީލް 2023
ހުޅުމާލޭގައި މިއަދު ހިނގި އިތުރު އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ، ހެނދުނު 10 ޖަހަން އުޅެނިކޮށް، ހުޅުމާލެ 2 ގެ އެމްޕީއެލް ފްލެޓްތައް ކައިރިން ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި މަރުވީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.
"މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވެފައިވާ ކަމަށެވެ.
ރޭ ދަންވަރު ހުޅުމާލޭގައި ހިނގި އެހެން އެކްސިޑެންޓެއްގައި ދެ މީހަކަށް ވެސް ވަނީ އަނިޔާވެފަ އެވެ. ދެ ސައިކަލް ޖެހި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ފިރިހެނަކާއި 56 އަހަރު ފިރިހެނަކަށެވެ. އެތަނުން ދޮށީ މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން މިއަދު ބުންޏެވެ.
އަނިޔާވި ދެ މީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
އެ އެކްސިޑެންޓް ހިނގީ ހުޅުމާލެ 2 ގައި ފްލެޓް ހަދަމުން އަންނަ އިންޑިއާގެ ކުންފުނި ޖޭއެމްސީ ސައިޓާ ކައިރީގައި، ރޭ ދަންވަރު 1:20 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
"ސައިކަލު ދުއްވީ ލައިސަންސް ހިފަހައްޓާފައިވާ މީހެއް"
ބައުޒަރެއްގައި ސައިކަލަކުން ޖެހި ޒުވާނަކަށް އަނިޔާވެއްޖެ
ސްޕޯޓްސް ކާރު އެކްސިޑެންޓް: ދައުވާކުރަން ފޮނުވައިފި
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ވިސާމް އަތުގައި ލައިސަންސެއް ނެތް: ޕޮލިސް
އިކުރާމް އިތުރު 30 ދުވަހަށް ބަންދުކޮށްފި
ހައި ކޯޓުގައި ފުލުހުން ދޮގު ހެދިކަމުގެ ތުހުމަތު!
އެކްސިޑެންޓާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ
ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެ