02 މާޗް 2019
'ހިޔާ' މަޝްރޫއުގެ ދަށުން، ހުޅުމާލޭގެ ދެ ވަނަ ފޭސްގައި ހަދަމުން އަންނަ އިމާރާތަކުން ވެއްޓި ޗައިނާ މީހަކު މިއަދު މަރުވެއްޖެ އެވެ.
'ހިޔާ' މަޝްރޫއުގެ ދަށުން، ހުޅުމާލޭގެ ދެ ވަނަ ފޭސްގައި ހަދަމުން އަންނަ އިމާރާތަކުން ވެއްޓި ޗައިނާ މީހަކު މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 8:30 ހާއިރު ހިނގި އެ ހާދިސާގައި އެ މީހާ ވެއްޓުނީ ހަ ވަނަ ޓަވަރުގެ ނުވަ ވަނަ ފްލޯ އިން ދެ ވަނަ ފްލޯ އަށް ކަމަށެވެ.
އެ މީހާ މިހާރު އޮތީ ހުޅުމާލޭ ހޮސްޕިޓަލްގަ އެވެ.
ހުޅުމާލޭ ފޭސް ދޭ ގައި ހަދަމުން އެ އަންނަނީ 25 ބުރީގެ ޓަވަރުތަކެކެވެ. އާއްމުންގެ ބޯހިޔާވަހި ކަމަށް ހަދާ އެ ޓަވަރުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަނީ ރާއްޖޭން ބޭރުގެ ކުންފުނިތަކުންނެވެ.
މާލެ އާއި ހުޅުމާލޭގައި އިމާރާތްކުރާ ތަންތަނުން މީހުން ވެއްޓި އަދި އިމާރާތްތަކުގެ މަތިން ވެއްޓޭ ތަކެތި ޖެހި މީހުން މަރުވުމުގެ ހާދިސާތައް މި ދުވަސްވަރު ވަނީ އިތުރުވެފަ އެވެ. އޭގެ ތެރެއިން އެއް ހާދިސާގައި މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެސް ވަނީ ބަންގްލަދޭޝްގެ މީހަކު މަރުވެފަ އެވެ. ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި އުމުރުން 44 އަހަރުގެ އެ މީހާ މަރުވިއިރު އިހުމާލުވީ މީހުންނާ މެދު އަދި ސަރުކާރުން ފިޔަވަޅެއް އެޅި ކަމެއް ނޭނގެ އެވެ. އެއީ އެ އިމާރާތުގެ މަސައްކަތުގައި އުޅުނު މީހެކެވެ.
މާލޭގައި، ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް ބަންގްލަދޭޝްގެ ކުޑަ އަންހެންކުއްޖަކު ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ މަރުވެފަ އެވެ.
ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ ރައިޝަން ޖިއާން މިދިޔަ އަހަރުގެ ޑިސެމްބަރު 16 ގައި މަރުވީ މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އަކުން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
އެ މައްސަލައިގައި އިހުމާލުވި، ޑަބްލިއު ކޮންސްޓަރަކްޝަންގެ އިސްވެރިންނާއި އެހެން ބައެއް މީހުންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ. އަދި އެ ކުންފުނި 500،000ރ. އިން ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ.
އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވެއްޖެ
12 ވަނަ ފްލޯ އިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ
ހުޅުމާލޭ ފަޅުތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
މަރުވެފައި އޮތް މީހަކު ހުޅުމާލޭގެ ބޭރުން ފެނިއްޖެ
ހުޅުމާލެ2 ގެ ދެވަނަ އެކްސިޑެންޓްގައި މީހަކު މަރުވެއްޖެ
ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން މި ހަފުތާގައި ފޮނުވަނީ
މަރުގެ ތުހުމަތަށް ހައްޔަރުކުރީ ކުއްޖާގެ ދެ އެކުވެރިން!
ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި މީހަކު މަރުވެއްޖެ
ލިފްޓު ކޭބަލް ކަނޑައިގެން ގޮސް މީހަކަށް އަނިޔާވެއްޖެ
އެޗްޑީސީގެ ކަސްޓަމާ ޑޭޓާތަކެއް ހެކް ކުރި މައްސަލައެއް