Roadha Mihaaru
މި އަހަރުގެ އަމީރުލް ހައްޖަކީ ނައިބު ރައީސް ފައިސަލް

މި އަހަރުގެ އަމީރުލް ހައްޖަކީ ނައިބު ރައީސް ފައިސަލް

11 ޖޫން 2023

މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ ކަންކަން އިސްވެ ބެލެހެއްޓެވުމަށް އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހަމަޖައްސަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ ކަންކަން އިސްވެ ބެލެހެއްޓެވުމަށް އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހަމަޖައްސަވައިފި އެވެ.

"ދިވެހި ހައްޖާޖީންގެ އެންމެހާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހުރިހާ އިންތިޒާމުތަކެއް ވީހާ ވެސް ފުރިހަމަ އަށް ގެންދިޔުމަށް ބާރު އެޅުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކު ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ،" ރައީސް އޮފީހުން ބުންޏެވެ.

މި އަހަރު ހައްޖަށް ދާ ދިވެހިން ފުރަން ފަށާނީ މާދަމާ އެވެ. މި ފަހަރު ހައްޖާޖީން ފުރަން ހަމަޖެހިފައި ވަނީ ހަ ފްލައިޓަކުންނެވެ. އެއީ މި މަހު 12، 13، 15، 16 އަދި 19 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.

ސައުދި އަރަބިއްޔާ އިން މި އަހަރު ރާއްޖެއަށް ދިނީ 1،000 ކޯޓާއެވެ. އޭގެ ތެރެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ތިން ކުންފުނިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދީފައިވެ އެވެ. ދެންހުރި ކޯޓާތައް ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަސް ދިމާވަނީ މި ޖޫން މަހުގެ 27 ވަނަ ދުވަހަށެވެ.