Roadha Mihaaru
ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތުން ރާއްޖެ ކަޓައިފި

ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތުން ރާއްޖެ ކަޓައިފި

18 ޖޫން 2023

ރާއްޖޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތުގެ ގަދަ ހަތަރަކަށް ނުވަދެވުމުން، ދިވެހި ޓީމު މުބާރާތުން ކަޓައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތުގެ ގަދަ ހަތަރަކަށް ނުވަދެވުމުން، ދިވެހި ޓީމު މުބާރާތުން ކަޓައިފި އެވެ.

ރައުންޑް ރޮބިން ބުރުގައި ރާއްޖެ އަށް ބާކީ އެއް މެޗު އޮއްވައި، ޓީމު ކެޓީ އަނެއް ހަތަރު ޓީމު ވެސް ދެ މެޗުން މޮޅުވެފައިވުމުންނެވެ. ރާއްޖެ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވީ ބައްޔެވެ.

ރައުންޑް ރޮބިން ބުރުގެ ފަހު މެޗުގައި މިރޭ ރާއްޖެއިން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބޫޓާން އަތުން ނޭޕާލް ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުގައި ޕާކިސްތާނާއި ބަންގްލަދޭޝްގެ މައްޗަށް ނޭޕާލުން ކާމިޔާބު ހޯދި އެވެ. ރޭ ބަންގްލަދޭޝްގެ މައްޗަށް ނޭޕާލުން ކާމިޔާބު ހޯދީ 29 ޕޮއިންޓްގެ ބޮޑު ފަރަގަކާ އެކު އެވެ.

ނޭޕާލުން ވަނީ 90 ޕޮއިންޓް ހޯދައިފަ އެވެ. ބަންގްލަދޭޝް އަށް ހޯދުނީ 61 ޕޮއިންޓެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ އަށް ދެވޭނެ ކަމަށް ދިވެހި ކުޅުންތެރިން ތިބީ ވަރަށް ބޮޑު އުންމީދެއްގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވި ނަމަވެސް އެ މެޗުގައި ދިވެހި ކުޅުންތެރިން ދެއްކި ކުޅުމާ އެކު އެހެން މެޗުތަކުގައި ރާއްޖޭގެ ނަތީޖާ ނެރެވޭނެ ކަމުގެ އުންމިދު ބޮޑުވި އެވެ.

ޕާކިސްތާނާއި ރާއްޖޭގެ މެޗު: އެ މެޗުން ބަލިވީ ދިވެހި ކުޅުންތެރިންނަށް ފަހުވަގުތު ހެދުނު ގޯހަކުން --- ފޮޓޯ: ޔޫތު މިނިސްޓަރީ

ޕާކިސްތާނާއި ރާއްޖޭގެ މެޗު: އެ މެޗުން ބަލިވީ ދިވެހި ކުޅުންތެރިންނަށް ފަހުވަގުތު ހެދުނު ގޯހަކުން --- ފޮޓޯ: ޔޫތު މިނިސްޓަރީ

ނަމަވެސް ދެން ރާއްޖެ ކުޅުނު ދެ މެޗުގައި ބޫޓާނާއި ޕާކިސްތާން އަތުން ބަލިވީ އެވެ. ޕާކިސްތާން އަތުން ބަލީވީ ހިތްދަތި ގޮތަކަށެވެ. ހަތް އަހަރަށް ފަހު ބާސްކެޓްގެ ފުރަތަމަ މުބާރާތުގައި ވާދަކުރާ ޕާކިސްތާނުން މެޗު ކާމިޔާބު ކުރީ ދެ ޕޮއިންޓްގެ ލީޑަކުންނެވެ. ރާއްޖޭގެ މައްޗަށް އެ ޓީމުން ހޯދި މޮޅަކީ ހަތް އަހަރު ތެރޭ ފިރިހެން ބާސްކެޓްގައި ޕާކިސްތާނުން ހޯދި ފުރަތަމަ މޮޅެވެ.

އެ މެޗުން ބަލިވުމުން ދިވެހި ކުޅުންތެރިންގެ މޫނު މަތިން ވަރަށް ބޮޑަށް މާޔޫސްކަން ފެނުނެވެ. ބާސްކެޓްގެ ތަޖުރިބާކާރަކު ބުނީ ޓީމުތަކުގެ ސްޓްރެންޓަށް ބަލާއިރު ރާއްޖެ އަށް ބަލި ނުކުރެވޭވަރުގެ ޓީމެއް މުބާރާތުގައި ނެތް ކަމަށެވެ. އޭނާ ބުނީ ޕާކިސްތާންގެ މެޗު އަތުން ދޫވީ ފަހު ވަގަުތު ކުޅުންތެރިންނަށް ހެދުނު ގޯހަކުން ކަމަށެވެ.

"އެހެންނަމަ އެއީ އަތުލެވޭ ވަރު މެޗެއް،" އޭނާ ބުންޏެވެ،