Roadha Mihaaru
ފައިވް ނޭޝަން  މުބާރާތުގެ ޗެމްޕިއަންކަން ބޫޓާނަށް

ބަންގްލަދޭޝް ބަލިކޮށް ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތް ބޫޓާނުން ކާމިޔާބުކޮށްފި

23 ޖޫން 2023

ރާއްޖޭގައި ނިމިގެން ދިޔަ ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގައި ބަންގްލަދޭޝްގެ މައްޗަށް ކާމިޔާބު ހޯދައި ބޫޓާނުން ޗެމްޕިއަންކަން ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގައި ނިމިގެން ދިޔަ ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގައި ބަންގްލަދޭޝްގެ މައްޗަށް ކާމިޔާބު ހޯދައި ބޫޓާނުން ޗެމްޕިއަންކަން ހޯދައިފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ރޭ ކުޅުނު މެޗު ބޫޓާނުން ކާމިޔާބު ކުރީ ދެ ޕޮއިންޓްގެ ފަރަގަކުންނެވެ. ބޫޓާނަށް 62 ޕޮއިންޓެވެ. ބަންގްލަދޭޝް އަށް ހޯދުނީ 60 ޕޮއިންޓެވެ.

މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި މުބާރަތށް އައި ޓީމަކީ ބަންގްލަދޭޝް އެވެ. ރައުންޑް ރޮބިން ބުރުގައި މި ދެ ޓީމު ކުޅުނު މެޗުގެ ނަތީޖާ ބުރަވީ ބަންގްލަދޭޝްގެ ކޮޅަށެވެ. އެ މެޗު އެ ޓީމުން ބޫޓާނުގެ މައްޗަށް ކާމިޔާބު ހޯދީ 61-53 ންނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ކުއާޓާގައި ލިޑްގައި އޮތީ ބަންގްލަދޭޝް އެވެ. އެ ކުއާޓަރުގައި އެ ޓީމުން 15 ޕޮއިންޓް ހޯދި އެވެ. އެކަމަކު ދެވަނަ ކުއާޓަގައި އެ ޓީމަށް ހޯދުނީ ތިން ޕޮއިންޓެވެ. އެ ކުއާޓާގައި ބޫޓާނުން 18 ޕޮއިންޓް ހޯދި އެވެ.

ތިންވަނަ ކުއާޓާގައި 22 ޕޮއިންޓް ހޯދައި ޖުމުލަ 53 ޕޮއިންޓް ހަމކޮށް ބޮޑު ލީޑެއް ނެގި އެވެ. ފަހު ކުއާޓާގައި ހަ ޕޮއިންޓް ބޫޓާނުން ހޯދި އެވެ. އެކަމަކު އެ ކުއާޓާގައި ބަންގްލަދޭޝްއިން 24 ޕޮއިންޓް ހޯދިޔަސް ބޫޓާނުގެ މައްޗަށް ލީޑް ނެގޭ ގޮތެއް ނުވި އެވެ.

އިންވިޓޭޝަނަލް މުބާރާތެއް ގޮތަށް ކުރިއަށް ގެންދިޔަ، މި ޗެމްޕިއަންޝިޕްގައި ދެން ބައިވެރިވީ ރާއްޖެ އާއި ޕާކިސްތާން އަދި ނޭޕާލެވެ. މުބާރާތުގެ ގަވާއިދުގައި ވާ ގޮތުން ސެމީ އަށް ދަތުރު ކުރީ ގަދަ ހަތަރު ޓީމެވެ. ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެގެން ރާއްޖެ ދިޔައީ ފުލަށެވެ.