އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމަކީ ހިތާމައެއް ކަމަކަށް ވިޔަސް އެކަމުގެ ސަބަބުން އެ ބަޔަކު އިހުތިޔާރުކުރާ މަގުން ކުރިއަށް ދާން މަގުފަހިވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
21 ޖޫން 2023
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމަކީ ހިތާމައެއް ކަމަކަށް ވިޔަސް އެކަމުގެ ސަބަބުން އެ ބަޔަކު އިހުތިޔާރުކުރާ މަގުން ކުރިއަށް ދާން މަގުފަހިވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ސިޔާސީ ހަޔާތް ފެއްޓެވި ޕާޓީން މިއަދު ވަކިވެވަޑައިގެންނެވި ސިޓީއާ އެކު ކުރެއްވި ޓްވީޓަށް ހެޔޮ އެދުމާއި ކާމިޔާބީ އަށް އެދިވަޑައިގެން ފައްޔާޒު ވިދާޅުވީ މަޖިލީހުގެ ރައީސް އެމްޑީޕީން ވަކިވެވަޑައިގަތުމުން މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށެވެ.
ނަމަވެސް، އެ ޕާޓީއަކުން އިހުތިޔާރުކުރާ މަގަކުން ކުރިއަށް ދިއުމުގެ މަގު ފަހިވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
On behalf of MDP and myself I wish President @MohamedNasheed well and success. Whilst this is a sad day, this also paves the way for all parties to move forward in their chosen paths. Thank you for your dedication to MDP and the success achieved under your leadership. https://t.co/1aorSg4yyg
— Fayyaz Ismail (@faya_i) June 21, 2023
"އެމްޑީޕީގައި ތި ކުރެއްވި މަސައްކަތްޕުޅުތަކާއި ލީޑަޝިޕްގައި ހޯއްދެވި ކާމިޔާބީއަށް ޝުކުރު ދަންނަވަން،" އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒުގެ ޓްވީޓުގައިވެ އެވެ.
އިސްތިއުފާގެ ސިޓީގައި ނަޝީދު ވިދާޅުވީ ގައުމުގައި މި ވަގުތު ކަންކަން ހިނގަމުންދާ ގޮތުން އެމްޑީޕީގައި މި ވަގުތު ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެ ޕާޓީން ވަކިވާން ނަޝީދު ނިންމެވިއިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބުވާން އެދިވަޑައިނުގަންނަވާ އިރު ވެސް އެމްޑީޕީގައި ހުންނަވަނީ އެ ޕާޓީ އަތުލަން ކަމަށެވެ.
ނަޝީދުގެ އަރިސް މެމްބަރުންތަކެއް ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ރަޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ. އެ ދުވަހުގެ މީޑިއާ ބްރީފިންގައި ވެސް ނަޝީދު ވިދާޅުވީ އަރިސް މެމްބަރުން ޑިމޮކްރެޓިކް ޕާޓީ އުފެއްދެވިޔަސް އޭގެ ފަހަތުގައި ވެސް އޮތީ އެމްޑީޕީ އަތުލުން ކަމަށެވެ.
"އަޅުގަނޑު އެމްޑީޕީގައި މި ހުންނަނީ އެމްޑީޕީ އަލުން އަނބުރާ އަތުލަން. އަޅުގަނޑު ދަންނަވައިފިން އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަމޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެމްޑީޕީ މި ދޫކުރެއްވީ އެހެން ވިދާޅުވިތާ ދެ ދުވަސް ފަހުންނެވެ.
ޑިމޮކްރެޓްސް އިން ވަނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެކަން އިއުލާންކޮށްފަ އެވެ. އެ ޕާޓީއާ ގުޅިވަޑައިގެން އިންތިހާބުގައި ވާދަކުރައްވާނެތޯ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ސުވާލުކުރުމުން ސީދާ ޖަވާބެއް ނުދެއްވަ އެވެ.
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
"ރައްޔިތުން ބާރުވެރިކުރަން ދެގޮތެއް ނުވެ ތިބޭނަން"
ނަޝީދު މި ވަގުތު ޕާޓީއެއްގައި މަސައްކަތެއް ނުކުރައްވާނެ
"ރުހުން ނުދިނުމާ ގުޅެނީ ނަޝީދަށް މަގާމު ގެއްލުން"
މެންބަރުންނާއި ސިޔާސީ މަގާމުތަކުގެ އަދަދު ހިފަހައްޓަނީ
ޑިމޮކްރެޓްސްއާއެކު ވާދަކުރަން އެމްޑީޕީގެ ވިސްނުމެއް ނެތް
މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް
ޑިމޮކްރެޓްސްގެ ހުށަހެޅުން ސުޕްރީމް ކޯޓުން ބަލައިގަނެފި
ޑިމޮކްރެޓްސްގެ މެންބަރުންގެ ބަދަލުގައި ކޯޓަށް ދާނީ ޕާޓީ