Roadha Mihaaru
ކެނެޑާގެ މިސްކިތެއްގައި ހަމަލާދީ ހަތަރު މީހުން މަރާލައިފި

ކެނެޑާގެ މިސްކިތެއްގައި ހަމަލާދީ ހަތަރު މީހުން މަރާލައިފި

30 ޖެނުއަރީ 2017

ކިއުބެކް (ޖެނުއަރީ 30) - ކެނެޑާގެ ކިއުބެކް ސިޓީގެ މިސްކިތެއްގައި ބަޑިން ދިން ހަމަލާތަކެއްގައި ހަތަރު މީހުން މަރާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކިއުބެކް (ޖެނުއަރީ 30) - ކެނެޑާގެ ކިއުބެކް ސިޓީގެ މިސްކިތެއްގައި ބަޑިން ދިން ހަމަލާތަކެއްގައި ހަތަރު މީހުން މަރާލައިފި އެވެ.

ކިއުބެކުގެ އިސްލާމިކް ކަލްޗަރަލް ސެންޓަރުގައި ރޭ ދިން ހަމަލާގެ ބައެއް ފޮޓޯތައް ވަނީ އެ ސެންޓަރުގެ ފޭސްބުކް ޕޭޖުގައި ވެސް ޖަހައިފަ އެވެ. މިސްކިތަށް ހަމަލާ ދިން އިރު އިޝާ ނަމާދަށް ގިނަ ބަޔަކު މިސްކިތަށް ޖަމާވެފައިވާ ކަމަށްވެ އެވެ.

ފުލުހުން ބުނީ ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން ފަހުން ބުނީ މިސްކިތް ހިމެނޭ ސަރަހައްދު ސާފުކޮށް، ތަހުގީގު ފަށާފައިވާ ކަމަށެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނީ ހަމަލާ ދިނުމުގައި ތިން މީހުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ހަތިޔާރު އަޅައިގެން ތިބި "ސްކޮޑެއް" މިސްކިތަށް ވަންނަ މަންޒަރު ފެނިފައިވާ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ކެނެޑާގެ ކިއުބެކް ސިޓީގެ އިސްލާމިކް ސެންޓަރަށް ދިން ހަމަލާއާ ގުޅިގެން ދެ މީހުން ވަނީ ހައްޔަރުކޮށްފައި. --ފޮޓޯ:އޭއެފްޕީ

ކެނެޑާގެ ކިއުބެކް ސިޓީގެ އިސްލާމިކް ސެންޓަރަށް ދިން ހަމަލާއާ ގުޅިގެން ދެ މީހުން ވަނީ ހައްޔަރުކޮށްފައި. --ފޮޓޯ:އޭއެފްޕީ

މިސްކިތުގެ ރައީސް މުހައްމަދު ޔަންގުއި ވިދާޅުވީ ބަޑީގެ ހަމަލާގައި ވަރަށް ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށާ އަދި އެ މީހުންނަށް ކިއުބެކުގެ އެކި ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މިސްކިތުގެ ބޭރުގައި ގިނަ އަދަދެއްގެ އިމަޖެންސީ ވެހިކަލްތައް ހަރަކާތްތެރިވާ މަންޒަރު ސޯޝަލް މީޑިއާގައިވާ ބައެއް ފޮޓޯތަކުން ފެނެ އެވެ.

ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ މިސްކިތަށް ހަމަލާ ދިނުމަކީ ވަރަށް ފިނޑި އަމަލެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ވަނީ ތައުޒިޔާ ފޮނުވައިފަ އެވެ.

ހަމަލާ ދިން މި މިސްކިތުގެ މައި ދޮރުގެ ބޭރުގައި މިދިޔަ ޖޫން މަހު ވަނީ އޫރުގެ ބޮލެއް ބަންދުކޮށްފައި ބާއްވައިފަ އެވެ.