Roadha Mihaaru
އެކްސިޑެންޓްވި ހަފީޒު އިންޑިއާއަށް ފުރުވާލައިފި

އެކްސިޑެންޓްވި ހަފީޒު އިންޑިއާއަށް ފުރުވާލައިފި

04 ޖުލައި 2023

މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އަނިޔާވި އަލީ ހަފީޒް އިތުރު ފަރުވާއަށް އިންޑިއާއަށް މިއަދު ފުރުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އަނިޔާވި އަލީ ހަފީޒް އިތުރު ފަރުވާއަށް އިންޑިއާއަށް މިއަދު ފުރުވާލައިފި އެވެ.

ގައުމީ ޔުނިވާސިޓީ ލެކްޗަރާއެއް ކަމަށްވާ ހަފީޒް އެކްސިޑެންޓް ވީ މިދިޔަ ބުދަ ދުވަހު ފަތިސް ނަމާދުން ފައިބައިގެން މަޖީދީމަގުން ހިނގާފައި ދަނިކޮށް ސައިކަލުން ޖެހި އެވެ.

ހަފީޒުގެ ހާލު ދެރަކަމުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް ގެންދެވެން ނެތުމުން އެއާ އެންބިއުލެންސެއްގައި އޭނާ އިންޑިއާއަށް ގެންދިއުމުގެ ކަންކަން ހަމަޖެހުނީ އިއްޔެ އެވެ. ހަފީޒަށް ފަރުވާދޭނީ ކޮޗިންގެ ހޮސްޕިޓަލެއްގަ އެވެ. މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ގިނަ ބަޔަކު ވަނީ މަސައްކަތްކޮށްފަ އެވެ.

ތައުލީމީ ދާއިރާއަށް 18 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ ހަފީޒްގެ ގާތް ބައެއް މީހުން ބުނި ގޮތުގައި، ހަފީޒްގެ ހާލު އަދިވެސް ވަރަށް ސީރިއަސް އެވެ. އޭނާ އިންޑިއާއަށް ފުރުވާލުމާ ހަމައަށް ވެސް ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. އެކްސިޑެންޓްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާގެ ހާލަތަށް ބަދަލެއް ނާދެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި، ސައިކަލް ދުއްވި 22 އަހަރުގެ މީހާ އަކީ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ. ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.