ހުޅުމާލޭގައި ރޭ ހިނގި ސައިކަލް އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ދެ ވަނަ ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ހުޅުމާލޭގައި ރޭ ހިނގި ސައިކަލް އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ދެ ވަނަ ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އޭޑީކޭގައި މިހާރު ފަރުވާ ދެމުން އަންނަނީ، މަގުމަތިން ހިނގާފައި ދިޔަ ޒުވާނެއްގެ ގައިގައި ޖެހި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިން 18 އަހަރުގެ ޒުވާނާ އަށެވެ.
ހުޅުމާލޭ އަމީން އެވެނިއު ކައިރީގައި ރޭ އެކްސިޑެންޓް ހިނގީ، 24 އަހަރުގެ ޒުވާނަކު ޖޮގިން ނިންމާފައި އެ މަގުން ހިނގާފައި ދަނިކޮށް، ދެ ޒުވާނަކު ދުއްވާފައި ދިޔަ ސައިކަލުން އެ ޒުވާނާގެ ގައިގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި، ސައިކަލުގައި ތިބި ދެ ޒުވާނުންނާއި ހިނގާފައި ދިޔަ ޒުވާނާ ޒަޚަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ. އޭގެ ތެރެއިން ސީރިއަސް ޒަހަމްތަކެއް ލިބުނު 24 އަހަރުގެ ޒުވާނާ ވަނީ، ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް ރޭ މަރުވެފަ އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތައް ލިބުނު 18 އަހަރުގެ ޒުވާނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާ އަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ.
އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭޑީކޭ އިން ބުންޏެވެ. ނަމަވެސް އެ ގެއްލުންތަކުގެ ތަފުސީލެއް ނުދެ އެވެ.
އެ އެކްސިޑެންޓުގައި މަރުވީ، ޖޮގިން ނިންމުމަށް ފަހު ހިނގާފައި ގެއަށް ދިޔަ، ދަފްތަރު ނަމްބަރު 1159، މުހައްމަދު ސޮބާހު ހުސައިނެވެ.
ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި އެކަކު އައިސީޔޫގައި
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ޕޮލިސް ކާރު އެކްސިޑެންޓު: މަންޒަރު ދުށް ބަޔަކު ހޯދަނީ
"ސައިކަލު ދުއްވީ ލައިސަންސް ހިފަހައްޓާފައިވާ މީހެއް"
ސްޕޯޓްސް ކާރުން ޖެހި މީހަކު މަރުވި މައްސަލަ ޕީޖީއަށް
އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ
ބައުޒަރެއްގައި ސައިކަލަކުން ޖެހި ޒުވާނަކަށް އަނިޔާވެއްޖެ
ސްޕޯޓްސް ކާރު އެކްސިޑެންޓް: ދައުވާކުރަން ފޮނުވައިފި
ބާރަށް ކާރު ދުއްވި މީހަކު ފިލަން އުޅުމުން ހައްޔަރު
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި