10 ޖުލައި 2023
ޕެރިސް (ޖުލައި 10) - މިދިޔަ ހަތަރު ސީޒަނުގައި ޖަރުމަނުގެ ބެޔާން މިޔުނިކަށް ކުޅުނު ފްރާންސްގެ ޑިފެންޑަރު، ލޫކަސް ހެނާންޑޭޒް ޕީއެސްޖީ އަށް ބަދަލުވެއްޖެ އެވެ.
ޕެރިސް (ޖުލައި 10) - މިދިޔަ ހަތަރު ސީޒަނުގައި ޖަރުމަނުގެ ބެޔާން މިޔުނިކަށް ކުޅުނު ފްރާންސްގެ ޑިފެންޑަރު، ލޫކަސް ހެނާންޑޭޒް ޕީއެސްޖީ އަށް ބަދަލުވެއްޖެ އެވެ.
ހެނާންޑޭޒް، 27، ފަސް އަހަރުގެ މުއްދަތަކަށް ޕީއެސްޖީ އަށް ބަލުވީ 43 މިލިއަން ޕައުންޑަށެވެ.
ފްރާންސާ އެކު 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް ހެނާންޑޭޒް ބެޔާންއާ ގުޅުނީ 2019 ވަނަ އަހަރު އެވެ. ފުރަތަމަ ސީޒަނުގައި ހެނާންޑޭޒް ވަނީ ބެޔާންއާ އެކު ޖަރުމަނުގެ ތިން ތަށި ހޯދައިފަ އެވެ. އެ ފަހަރު ޖަރުމަނު ކަޕްގެ އިތުރުން ޖަރުމަނު ބުންޑަސްލީގާ އާއި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ. ޗެމްޕިއަންސް ލީގު އެފަހަރު ހޯދީ ފައިނަލްގައި ޕީއެސްޖީ ބަލިކޮށްގެންނެވެ.
ވާތް ފަޅިން ފަހަތަށް ކުޅޭ ހެނާންޑޭޒް ވަނީ ބެޔާން އަށް 107 މެޗު ކުޅެފަ އެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން. ޕީއެސްޖީއާ ގުޅެން އަހަރެން ބޭނުންވެގެން އުޅޭތާ އެތައް ދުވަހެއް. އެންމެ ފަހުން އެކަން ވެއްޖެ. މިއީ އަހަރެންނަށް ވަރަށް ހާއްސަ ދުވަހެއް" ފްރާންސް ގައުމީ ޓީމުގެ ކުޅުންތެރިޔާ ބުންޏެވެ.
ރަޝިއާގައި އޮތް ވޯލްޑް ކަޕް ފްރާންސް ކާމިޔާބު ކުރިއިރު ހެނާންޑޭޒް މޮޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ފްރާންސް ދަތުރު ކުރިއިރު ހެނާންޑޭޒް އަށް އަނިޔާވެ ގިނަ މެޗުތަކެއް ގެއްލުނެވެ. ގްރޫޕް ސްޓޭޖުގެ ތިން ވަނަ މެޗުގައި އަނިޔާވުމުން އޭނާ އަށް ވޯލްޑް ކަޕްގެ ބާކީ މެޗުތައް ގެއްލުނެވެ. ބަދަލުގައި އެ މަގާމް ފޫބެއްވީ އޭސީ މިލާނަށް ކުޅެމުން އަންނަ އޭނާގެ ކޮއްކޮ ތިއޯ ހެނާންޑޭޒް އެވެ.
ޕީއެސްޖީ އިން އަންނަނީ އާ ސީޒަނަށް ގިނަ ކުޅުންތެރިންތަކެއް ގެންނަމުންނެވެ. އެޓީމުގެ ކޯޗުކަމަށް ހަމަޖެއްސީ ކުރިން ބާސެލޯނާގެ ކޯޗުކަން ކުރި ލުއިސް އެންރީކޭ އެވެ. ހެނާންޑޭޒްގެ އިތުރުން އެޓީމަށް ސޮއިކުރީ ރެއާލް މެޑްރިޑަށް ކުޅުނު މާކޯ އަސެންސިއޯ އާއި ރެއާލް މަޔޯކާ އިން ވިދާލި ދެކުނު ކޮރެއާގެ ލީ ކަންގް-އިންގްގެ އިތުރުން ސްޕޯޓިން ލިޒްބަން އިން ބަދަލުވި މެނުއަލް އުގާޓޭ އަދި އިންޓަ މިލާނަށް ކުޅުނު މިލާން ސްކްރިނިއޭ އެވެ.
ރެއާލަށް ބަދަލުވާން ޑޭވީސް އަނގަބަހުން އެއްބަސްވެއްޖެ
ރެއާލުން އެމްބާޕޭއަށް ދޭން ބުނާ އަގު ކުޑަވުމުގެ ޝަކުވާ
ކޭން ގެންދަން ބެޔާނުގެ އޮފިޝަލުން ލަންޑަނަށް
ރާމޯސް ވެސް ޕީއެސްޖީ ދޫކޮށްލަނީ
މެސީ ގެންދަން ބާސާއާ އެކު އިތުރު ދެ ޓީމެއް
މެޑްރިޑުން އެމްބަޕޭއާ ވާހަކަ ދައްކަން ތައްޔާރުވެއްޖެ
ބަޔާން ކަޓައި، ޕީއެސްޖީ ސެމީ އަށް
ސެމީން ޖާގައެއް ހޯދަން ބަޔާނަށް ފަސޭހައެއްނުވާނެ
ޕީއެސްޖީން ބަޔާން ހަމަ ބިމަށް ތިރިކޮށްފި
ޕެރޭޒްގެ ހެޓްރިކުން އާސެނަލަށް ގްރޫޕްގެ އެއް ވަނަ