ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ބެޔާން މިޔުނިކްގެ ފޯވާޑް ޖަމާލް މުސިއާލާ އަށް ކުރިމަތިވި އަނިޔާއާ ގުޅިގެން ބެޔާންގެ ގޯލް ކީޕަރު މެނައުލް ނޯޔާ، ޕީއެސްޖީގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރުއްމާ އަށް ފާޑުކިޔައިފި އެވެ.
06 ޖުލައި 2025
ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ބެޔާން މިޔުނިކްގެ ފޯވާޑް ޖަމާލް މުސިއާލާ އަށް ކުރިމަތިވި އަނިޔާއާ ގުޅިގެން ބެޔާންގެ ގޯލް ކީޕަރު މެނައުލް ނޯޔާ، ޕީއެސްޖީގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރުއްމާ އަށް ފާޑުކިޔައިފި އެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި މުސިއާލާ އަށް އަނިޔާވީ، ޕީއެސްޖީގެ ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ހޯދަން އުޅުނު ބޯޅަ އަށް ޑޮނަރުއްމާ ޑައިވް ކުރުމުގެ ތެރޭގައި އޭނާގެ ފައިމައްޗަށް ޑޮނަރުއްމާ އަށް ޑައިވް ކުރެވުމުންނެވެ.
އެ ވަގަތު އޭނާ ޓެލީގަތް ގޮތުން ބޮޑު އަނިޔާއެއް ކުރިމަތިވެއްޖެކަން އެނގުނެވެ. ދެ ޓީމުގެ ކުޅުންތެރިން މުސިއާލާ ވަށާލައި އޭނާ އަށިގަނޑަށް އަރުވަން އެހީ ވި އެވެ.
ތަޖުރިބާކާރު ކީޕަރު ނޯޔާ ބުނީ އެވަރުގެ ރިސްކެއް ނަގައިގެން ކީޕަރު އެ ބޯޅަ އަށް ޑައިވްކުރަން ޖެހޭ ހާލަތެއް އެ ދަނޑިވަޅުގައި ނެތް ކަމަށެވެ. އެކަމަކު ޑޮނަރުއްމާ ހުރީ އިދިކޮޅު ކުޅުންތެރިޔާ އަށް އަނިޔާވިޔަސް އެ ރިސްކް ނަގަން ތައްޔާރަށް ކަމަށް ޖަރުމަނުގެ ކީޕަރު ބުންޏެވެ.
މުސިއާލާ އަށިގަނޑުގައި: އޭނާގެ އަނިޔާ ސީރިއަސްކަމަށް ބެލޭވެ --- ފޮޓޯ: އޭއެފްޕީ
"އެ ހާލަތަކީ އެކަހަލަ ނުރައްކާތެރި ގޮތަކަށް އެ ބޯޅައާ ކުރިމަތިލާންޖެހޭ ހާލަތެއް ނޫން. އެއީ ރިސްކެއް ނެގުން. އޭނާ ހުރީ އިދިކޮޅު ކުޅުންތެރިޔާ އަނިޔާވިޔަސް އެ ރިސްކް ނަގަން ކުރިމަތިލައިގެން،" ނޯޔާ ބުންޏެވެ.
"އަހަރެން އޭނާ [ޑޮނަރުއްމާ] ކައިރިއަށް ގޮސް ބުނިން 'އަހަރެމެންގެ ކުޅުންތެރިޔާ [މުސިއާލާ] ކައިރިއަށް ގޮސް އޭނާ ދެކިލަން ދިޔައިއްޔާ ކިހިނެއްހޭ ވާނީ؟'. އެއީ އިހްތިރާމް އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް. ދެން އޭނާ އެގޮތަށް ކަންތައް ކުރީ. އަބަދުވެސް ފެއާޕްލޭ އޮންނާނެ. އަހަރެންނަމަ ތަފާތު ގޮތަކަށް ކަންތައް ކުރާނީ."
މެޗަށް ފަހު، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްގައި ޑޮނަރުއްމާ ވަނީ މުސއާލާ އަށް ހެޔޮއެދުންތައް ފޮނުވައި ޕޯސްޓެއް އާންމުކޮށްފަ އެވެ.
މުސިއާލާ އަށިގަނޑަށްލައިގެން ދަނޑުން ބަލާނީ --- ފޮޓޯ: އޭއެފްޕީ
ޑޮނަރުއްމާ އަށް ފާޑުކިޔުން އޮއްސާލީ ނޯޔާ އެކަންޏެއް ނޫނެވެ. ބެޔާނުގެ ސްޕޯޓްސް ޑައިރެކްޓާ މެކްސް އެބާލް ވެސް ވަނީ އިޓަލީގެ ކީޕަރަށް ފާޑުކިޔައިފަ އެވެ.
އޭނާ ބުނީ އެވަރުގެ ރިސްކެއް ނަގާއިރު އެކަހަލަ ކަމެއް ވެދާނެކަން ވިސްނަން ޖެހޭނެ ކަމަށެވެ. އެކަމަކު ޑޮނަރުއްމާ އޮގަތަށް ނުވިސްނާ އެ ރިސްކް ނެގީ ކަމަށް އެބާލް ބުންޏެވެ.
އުމުރުން 22 އަހަރުގެ މުސިއާލާ އަށް ލިބުނު މި އަނިޔާއާ ގުޅިގެން، ކުޅުމާ ދުރުގައި ގިނަ މަސްތަކެއް އޭނާ ހޭދަކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ. ދެވަނަ ހާފުގައި ޖެހި ލަނޑުތަކުން މޮޅުވެ ޕީއެސްޖީ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
ޔޫރަޕްގެ ބޮޑު ރެކޯޑްގައި ބެޔާން ކުރިއަށް!
ޑޮނައްރުއްމާ ޑިމާންޑް ކުރީ ބޮޑު މުސާރައަށް
ޔުނައިޓެޑަށް ފަހިކުރަން ޕީއެސްޖީން ޑޮނަރުއްމާ ބާކީކޮށްފި
ބެޔާނަށް ލަނޑު އީދެއް، ޕީއެސްޖީ އަށް ފުރިހަމަ މޮޅެއް
ޕީއެސްޖީން ލީގު ބުރުގެ އެއްވަނަ ލިވަޕޫލް ކަޓުވާލައިފި
ބެޔާން ދޫކޮށް ލޫކަސް ހެނާންޑޭޒް ޕީއެސްޖީ އަށް
ބަޔާން ކަޓައި، ޕީއެސްޖީ ސެމީ އަށް
ސެމީން ޖާގައެއް ހޯދަން ބަޔާނަށް ފަސޭހައެއްނުވާނެ
ޕީއެސްޖީން ބަޔާން ހަމަ ބިމަށް ތިރިކޮށްފި
ޕެރޭޒްގެ ހެޓްރިކުން އާސެނަލަށް ގްރޫޕްގެ އެއް ވަނަ