11 ޖުލައި 2023
ލަންޑަން (ޖުލައި 11) - ވިމްބެލްޑަންގެ އެންމެ ފަހު ހަތަރު މުބާރާތުގެ ޗެމްޕިއަން ސާބިއާގެ ނޯވަކް ޖޮކޮވިޗް، ދެ ދުވަސް މަތިން މެޗު ފުރިހަމަ ކޮށްގެން މިއަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި
ލަންޑަން (ޖުލައި 11) - ވިމްބެލްޑަންގެ އެންމެ ފަހު ހަތަރު މުބާރާތުގެ ޗެމްޕިއަން ސާބިއާގެ ނޯވަކް ޖޮކޮވިޗް، ދެ ދުވަސް މަތިން މެޗު ފުރިހަމަ ކޮށްގެން މިއަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި
އާދިއްތަ ދުވަހުގެ ރޭ މުބާރާތުގެ ހަތަރުވަނަ ބުރުގައި އޭނާ ޕޮލެންޑްގެ ހޫބާޓް ހޫކާޒް އާ ވާދަކުރި މެޗު މެދުކަނޑާލަން ޖެހުނީ ރޭގަނޑު 11 ޖެހުމުން އިނގިރޭސިވިލާތުގެ ކާފިއު ވަގުތު ޖެހުމުންނެވެ. އޭރު ދެ ސެޓުން ކުރީގައި އޮތީ ޖޮކޮވިޗް އެވެ. ދެ ސެޓް ވެސް އޭނާ ގެންދިޔައީ ޓައި ބްރޭކާއިން ކުރި ހޯދައި 7-6 (8-6)، 7-6 (8-6) އިންނެވެ.
މެޗުގެ ބާކީ ބައި އިއްޔެ ފުރިހަމަ ކުރި އިރު، އިއްޔެ ކުޅުނު ފުރަތަމަ ސެޓު 7-5 އިން ގެންދިޔައީ ހޫކާޒް އެވެ. ނަމަވެސް ޖޮކޮވިޗް މުބާރާތުގެ ކުއާޓާ އިން ޖާގަ ޔަގީން ކުރީ ޖެހިގެން އައި ސެޓު 6-4 އިން ގެންގޮސްގެންނެވެ.
"އެންމެ ފަހުން އަހަރެން މެޗެއްގައި މިހާ ނިކަމެތިކަން އިހުސާސްވި ފަހަރެއް ހަނދާނެއް ނެތް. ހޫކާޒްގެ ސާވިސްތައް ވަރުގަދަ ވެފައި އަމާޒު ވެސް ވަރަށް ރަނގަޅު،" ޖޮކޮވިޗް ބުންޏެވެ.
"އޭނާގެ ސާވިސްތައް ހިމެނޭނެ ދުނިޔޭގެ އެންމެ މޮޅު ސާވިސްތަކުގެ ތެރޭގައި، ރީޑް ކުރަން ވަރަށް އުނދަގޫ. މި މެޗަކީ އަހަރެން އެހާ ހިތްހަމަ ޖެހުނު މެޗެއް ނޫން. މި މެޗުގެ ނަތީޖާ އިދިކޮޅަށް ބުރަ ވުމުގެ ފުރުސަތު ވެސް އޮތް."
ޖޮކޮވިޗް ވަނީ 2018، 2019، 2021 އަދި 2022 ގައި ވެސް ވިމްބެލްޓަންގެ ތަށި އުފުލާލައިފަ އެވެ. ކޮވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރުގެ މުބާރާތް ނުބާއްވަ އެވެ. ވިމްބެލްޑަންގައި ޖޮކޮވިޗް އެންމެ ފަހުން ބަލިވީ 2017 ވަނަ މުބާރާތުގެ ކުއާޓާ ފައިނަލުންނެވެ. އެ މެޗު އޭނާ އަށް ގެއްލުނީ މެޗު ތެރޭން އަނިޔާ ވެގެން، މެޗު ދޫކޮށްލަން ޖެހިގެންނެވެ.
މުޅި އެކު ހަތް ފަހަތު ވިމްބެލްޑަން މުބާރާތް ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗް، މިއަހަރުގެ މުބާރާތުގެ އަމާޒަކީ ރެކޯޑް އަށް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޓެނިހުގެ ލެޖެންޑް ސްވިޒަލެންޑްގެ ރޮޖާ ފެޑެރާގެ ރެކޯޑާ އެއްވަރު ކުރުމެވެ.
ކުއާޓާ ފައިނަލްގައި ޖޮކޮވިޗް ނުކުންނާނީ ހަތްވަނައަށް ސީޑް ކޮށްފައިވާ ރަޝިއާގެ އެންޑީ ރުބްލޭވް އާ ދެކޮޅަށެވެ. ރުބްލޭވް ވަނީ ހަތަރުވަނަ ބުރުގައި ކަޒަކިސްތާނުގެ އެލެކްސެންޑާ ބުބްލިކް އާ ދެކޮޅަށް ކުޅުނު މެޗުން 7-5، 6-3، 6-7 (6-8)، 6-7 (5-7)، 6-4 އިން ކުރި ހޯދައިފަ އެވެ.
ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި އޮތް ރަޝިއާގެ ޑެނީލް މެޑްވެޑޭވް ކުއާޓާގައި ޖެހޭނީ އެމެރިކާގެ ކްރިސްޓޮފާ ޔޫބޭންކްސްއާ ދެކޮޅަށެވެ. މެޑްވެޑޭވް ވަނީ ކުއާޓާގައި ޗެކް ރިޕަބްލިކްގެ ޖިރީ ލެހެކާގެ މައްޗަށް ކުރި ހޯދައިފަ އެވެ. ފުރަތަމަ ދެ ސެޓު 6-4، 6-2 އިން މެޑްވެޑޭވް ކުރީގައި އޮތްއިރު، ލެހެކާ އަށް އަނިޔާ ވެގެން ތިންވަނަ ސެޓު ކުރިއަށް ނުގެންދެވި މެޗު ޖެހުނީ ހުއްޓާލާށެވެ.
ޔޫބޭންކްސް ކުއާޓާ އަށް ދަތުރު ކުރީ ފަސްވަނައަށް ސީޑް ކޮށްފައިވާ ގްރީސްގެ ސްޓެފަނޯސް ސިތްސިޕާސް ބަލިކޮށްފަ އެވެ. ފަސް ސެޓަށް ދެމިގެން ދިޔަ މެޗުގެ ސެތްތައް ޔޫބޭންކްސް ގެންދިޔައީ 3-6، 7-6 (7-4)، 3-6، 64، 6-4 އިންނެވެ.
އަށްވަނައަށް ސީޑް ކުރެވިފައިވާ އިޓަލީގެ ޔަނިކް ސިނާ، ކުއާޓާގައި ނުކުންނާނީ ރަޝިއާގެ ރޯމަން ސަފިއުލިން އާ ދެކޮޅަށެވެ. ސިނާ ވަނި ހަތަރުވަނަ ބުރުގައި 7-6 (7-4)، 6-4، 6-3 އިން ކޮލަމްބިއާގެ ޑެނިއެލް ގަލަން ބަލިކޮށްފަ އެވެ. ސަފިއުލިން ކުއާޓާ އަށް ދަތުރު ކުރީ ހަތަރުވަނަ ބުރުގައި ކެނެޑާގެ ޑެނިސް ޝަޕޮވަލޯވް އާ ވާދަކޮށް 3-6، 6-3، 6-1، 6-3 އިން ސެޓްތައް ގެންގޮސްގެންނެވެ.
އަލްކަރާޒް، ހަތަރުވަނަ ބުރުގެ މެޗުގައި ކުޅެނީ.-- ފޮޓޯ: އޭއެފްޕީ
ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ، އުމުރުން 20 އަހަރުގެ ސްޕެއިންގެ ކާލޯސް އަލްކަރާޒް ފުރަތަމަ ފަހަރަށް ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ، އުމުރުން 20 އަހަރުގެ ސްޕެއިންގެ ކާލޯސް އަލްކަރާޒް ފުރަތަމަ ފަހަރަށް ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އަލްކަރާޒް ކުއާޓާ އަށް ދަތުރު ކުރީ ރޭ ކުޅުނު ހަތަރުވަނަ ބުރުގެ މެޗުގައި އިޓަލީގެ މަޓެއޯ ބެރެޓިނީ އާ ވާދަކޮށް ފަހަތުން އަރައި 3-1 ސެޓުން ކުރި ހޯދައިގެންނެވެ. ފުރަތަމަ ސެޓު 6-3 އިން ބެރެޓިނީ ކާމިޔާބު ކުރި ނަމަވެސް އަލްކަރާޒް ވަނީ ޖެހިގެން ކުޅުނު ތިން ސެޓު ވެސް 6-3 އިން ކާމިޔާބު ކޮށްފަ އެވެ.
"އަހަރެންނަށް އެނގޭ އުނދަގޫ ވާނެކަން. މަޓެއޯ އެއީ މޮޅު ކުޅުންތެރިއެއް،" މި އަހަރުގެ ފްރެންޗް އޯޕަންގެ ސެމީ ފައިނަލް ކުޅުނު އަލްކަރާޒް ބުންޏެވެ.
"ފުރަތަމަ ސެޓު ގެއްލުމުން އަލުން މެޗު ތެރެއަށް ވަންނަން އުނދަގޫ ވާނެ، އެކަމަކު އަހަރެންނަށް އެނގޭ ކުރި ހޯދަން ފުރުސަތު ލިބޭނެކަން. ފޯކަސް ގެއްލުވާ ނުލައި ކުރިއަށް ދާން އަހަރެން އަބަދު ވެސް އެންމެ އިސްކަމެއް ދެނީ."
ކުއާޓާގައި އަލްކަރާޒް ވާދަ ކުރާނީ ރޭންކިންގެ ހަވަނައިގައި އޮތް ޑެންމާކުގެ ޒުވާން ތަރި ހޮލްގާ ރިޔޫން، 20، އާ ދެކޮޅަށެވެ. ރިޔޫން ވަނީ ހަތަރުވަނަ ބުރުގެ މެޗު ކާމިޔާބު ކުރީ 3-6، 7-6 (8-6)، 7-6 (7-4)، 6-3 އިން ސެޓްތައް ގެންގޮސްގެންނެވެ.
ވިމްބެލްޑަންގައި ޖޮކޮވިޗް އާއި އަލްކަރާޒްގެ ކުރިމަތިލުމެއް ފެންނާނީ ދެ ކުޅުންތެރިން ވެސް ފައިނަލަށް ގޮސްގެންނެވެ.
މިއަހަރު ފުރަތަމަ އޮތް ދެ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން ވެސް ކާމިޔާބުކޮށް، ޖޮކޮވިޗް ވަނީ ރެކޯޑް 32 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން އޮތް ފްރެންޗް އޯޕަންގެ ސެމީ ފައިނަލްގައި ޖޮކޮވިޗް ވަނީ އަލްކަރާޒްއާ ވާދަ ކޮށްފަ އެވެ. މެޗު ތެރޭން އަލްކަރާޒް އަށް އަނިޔާ ވިޔަސް އޭނާ ވަނީ ހުއްޓާ ނުލައި މެޗު ފުރިހަމަ ކޮށްފަ އެވެ.
ވިމްބްލެޑަން އިން ކަޓައި ޖޮކޮވިޗްގެ އުއްމީދު ފެނަށް
އަލްކަރާޒްގެ އަމާޒު ލެޖެންޑުންނާ ގާތަށް ޖެހިލުން
ވިމްބެލްޑަން ފޭވަރިޓަކީ އަހަރެން: ޖޮކޮވިޗް
ވިމްބެލްޑަނުން ރަޝިއާ ފެންނާނެ ކަމަށް މަރޭ އުއްމީދުކުރޭ
އޮސްޓްރޭލިއާއިން ޑީޕޯޓްކުރި ޖޮކޮވިޗަށް އަލުން ވިސާ ދީފި
ވެކްސިން ނުޖަހައި އެމެރިކާގައިވެސް ޖޮކޮވިޗަށް ނުކުޅެވޭނެ
ވިމްބެލްޑަންގެ ޗެމްޕިއަންކަން ޖޮކޮވިޗް ދިފާއު ކޮށްފި
ނޯރީ ބަލިކޮށް ޖޮކޮވިޗް އަށްވަނަ ވިމްބެލްޑަން ފައިނަލަށް
ނަޑާލް ތިން އަހަރު ފަހުން ފުރަތަމަ ފަހަރަށް ވިނަކޯޓަށް
ވެކްސިން ނުޖެހިއަސް ޖޮކޮވިޗަށް ވިމްބެލްޑަންގައި ކުޅެވޭނެ