Roadha Mihaaru
ވިމްބްލެޑަން އިން ކަޓައި ޖޮކޮވިޗްގެ އުއްމީދު ފެނަށް

ވިމްބްލެޑަން އިން ކަޓައި ޖޮކޮވިޗްގެ އުއްމީދު ފެނަށް

03 ޖުލައި 2016

ލަންޑަން (ޖުލައި 3) - ވިމްބްލެޑަން ޓެނިސް މުބާރާތުގެ ތިން ވަނަ ބުރުން ކަޓައި އަހަރުގެ ހުރިހާ ގްރޭންޑް ސްލޭމް އެއް ކާމިޔާބު ކުރުމުގެ ފުރުސަތު ދުނިޔޭގެ އެއް ވަނަ ކުޅުންތެރިއާ ނޮވަކް ޖޮކޮވިޗަށް ގެއްލިއްޖެ އެވެ.

ލަންޑަން (ޖުލައި 3) - ވިމްބްލެޑަން ޓެނިސް މުބާރާތުގެ ތިން ވަނަ ބުރުން ކަޓައި އަހަރުގެ ހުރިހާ ގްރޭންޑް ސްލޭމް އެއް ކާމިޔާބު ކުރުމުގެ ފުރުސަތު ދުނިޔޭގެ އެއް ވަނަ ކުޅުންތެރިއާ ނޮވަކް ޖޮކޮވިޗަށް ގެއްލިއްޖެ އެވެ.

ވިމްބެލްޑަން މުބާރާތް އެންމެ ފަހުން ދެ އަހަރު ވެސް ކާމިޔާބުކުރީ ޖޮކޮވިޗެވެ.

ވިމްބެލްޑަން ޓެނިސް މުބާރާތުގެ ތިން ވަނަ ބުރުގައި ޖޮކޮވިޗް ބަލިވީ ދުނިޔޭގެ 28 ވަނަ ކުޅުންތެރިއާ ސެމް ކުއޭރީ އެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ކުއޭރީ ސެޓުތައް ގެންދިޔައީ 7-6 (8-6) 6-1 3-6 7-6 (7-5) އިންނެވެ.

މިއީ މިދިޔަ އަހަރުގެ ފްރެންޗް އޯޕަން ފައިނަލަށް ފަހު ގްރޭންޑް ސްލޭމް މުބާރާތުން ޖޮކޮވިޗް ބަލިވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އޮތް ހަތަރު ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރީ ޖޮކޮވިޗެވެ. ވިމްބެލްޑަން މުބާރާތް ނުލިބުމުން ޖޮކޮވިޗަށް ވަނީ ޖެހިޖެހިގެން ފަސް ގްރޭންޑް ސްލޭމް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ގެއްލިފަ އެވެ.

މި ފަހަރުގެ މުބާރާތަށް ފަރިތަކުރަނިކޮށް ޖޮކޮވިޗްގެ ކަކުލަށް އަނިޔާ އެއް ލިބުނެވެ. އިއްޔެގެ މެޗަށް ފަހު އޭނާ ބުނީ ބަލިވީ އަނިޔާގައި ހުރެ ކުޅުމުގެ ސަބަބުން ކަމަށް ބުނަން ބޭނުން ނުވާ ކަމަށެވެ.

"އަނިޔާގެ ވާހަކަ ދައްކަން ނެތިން. އެއީ މުޅި މުބާރާތުގައި ވެސް އަހަރެން މި ކުޅެނީ 100 ޕަސެންޓް ފިޓްވެގެނެއް ނޫން. މި މެޗުން ބަލިވީ އަނިޔާގެ ސަބަބުންނެއް ނޫން. ކުއޭރީ އަށް ހައްގު މޮޅެއް ލިބުނީ. ކުއޭރީ ފެނުނީ މުޅިން ތަފާތުކޮށް،" ޖޮކޮވިޗް ބުންޏެވެ.

އިއްޔެ ކުޅުނު އަނެއް މެޗުން އޮސްޓްރޭލިއާގެ ޖޯން މިލްމަން އަތުން މޮޅުވެ މުބާރާތުގެ ހަތަރު ވަނަ ބުރުން އެންޑީ މަރޭ ވަނީ ޖާގަ ހޯދައިފަ އެވެ.