Roadha Mihaaru
އދ. ގެ ނިންމުމަށް ސަރުކާރުން ދެކޮޅު ހަދައިފި

ނާޒިމާ ގުޅޭ ގޮތުން އދ. އިން ނިންމި ނިންމުމަށް ސަރުކާރުން ދެކޮޅު ހަދައިފި

30 ޖެނުއަރީ 2017

އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލަން ގޮވައިލިޔަސް، ވޯކިން ގްރޫޕްގެ ނިންމުމުގައި ހަމަނުޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެ ނިންމުން ގަބޫލު ނުކުރާނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލަން ގޮވައިލިޔަސް، ވޯކިން ގްރޫޕްގެ ނިންމުމުގައި ހަމަނުޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެ ނިންމުން ގަބޫލު ނުކުރާނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ރާއްޖޭގެ ގާނޫނީ ނިޒާމު ހަމަޖެހިފައި އޮތް ގޮތުން އދ.ގެ އިދާރާއަކުން ނުވަތަ ބައިނަލްއަގުވާމީ ޖަމާއަތަކުން ނިންމާ ނިންމުމަކީ ޝަރުއީ ކޯޓުތަކުގެ ހުކުމްތަކަށް ވުރެ މަތީގައި އޮންނާނެ އެއްޗެއް ނޫން ކަމަށެވެ.

އަނިލް ވިދާޅުވި ގޮތުގައި ވޯކިން ގްރޫޕުން ތަފާތު ފަހަރު މަތިން ދުނިޔޭގެ އެކި ގައުމުތަކާ ގުޅޭ ގޮތުން މިފަދަ މައްސަލަތައް ނިންމައި، ރިކޮމަންޑޭޝަންތަކަށް އަމަލު ކުރަން ގޮވާލަ އެވެ. ބައެއް ގައުމުތަކަށް އެ ލަފާތައް ހުށަހެޅީމަ، އެ ގައުމުތަކުން ޖަވާބު ދިނުމަށް ވެސް އިއުތިރާޒް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންޑާރަ ނައިބު އަނިލް. އދ.ގެ ވޯކިން ގްރޫޕުން ނިންމި ނިންމުމުގައި ހަމަނުޖެހޭ ކަންތައްތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ބަންޑާރަ ނައިބު އަނިލް. އދ.ގެ ވޯކިން ގްރޫޕުން ނިންމި ނިންމުމުގައި ހަމަނުޖެހޭ ކަންތައްތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

"ބައެއް ގައުމުތަކުން ވޯކިން ގްރޫޕުން ނިންމާ ނިންމުންތަކަށް އިޖާބަ ނުދޭ،" ކުރީގެ ރައީސް ނަޝީދު ދޫކޮށްލަން ވޯކިން ގްރޫޕުން ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ވޯކިން ގްރޫޕްގެ ނިންމުމުގައި ނާޒިމަކީ ސަރުކާރާ ދެކޮޅު މީހެއްކަން ފާހަގަ ކުރި އިރު، އޭނާ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފެއްޓެވީ ނާޒިމްގެ އަނބިކަނބަލުން ދިރިއުޅުއްވާ އެޕާޓްމަންޓުން ފިސްތޯލަ ފެނުނު މައްސަލަ ތަހުގީގުކޮށް ބަލަން ފެށި ފަހުން ކަމަށެވެ.

ނާޒިމަށް ބޭސްފަރުވާ ކުރުމަށް ސަރުކާރުން ދެކޮޅު ހެދި ކަމަށް ވޯކިން ގްރޫޕުން ފާހަގަ ކުރި އިރު، ރާއްޖޭން ބޭރުގައި ބޭސް ފަރުވާ ކުރަން ނާޒިމަށް ތިން ފަހަރެއްގެ މަތިން ފުރުސަތު ދިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގައި ތިބި ޑޮކްޓަރުންނަށް ވެސް ނާޒިމް ދެއްކެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ވޯކިން ގްރޫޕްގެ ނިންމުމަކަށް އެކަން ވެސް އޮތީ ވެފައި. އެހެންވީމަ މިހާ ހަމަނުޖެހޭ ކަންތައްތަކެއް ހިމެނޭ ނިންމުމެއް ކަމަށް ގަބޫލުކުރެވެނީ. ވޯކިން ގްރޫޕުން ނިންމާފައި ހުރި ނިންމުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން،" -އަނިލް

މީގެ އިތުރުން ނާޒިމް ހުންނަވަނީ ކުޑަގޮޅިއެއްގައި ކަމަށް ބުނާ އިރު، އެއީ ސައްހަ ވާހަކަތަކެއް ނޫން ކަމަށް ވެސް އަނިލް ވިދާޅުވި އެވެ. އަދި ޝަރީއަތް ހިންގަމުންދާ މީހަކަށް، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހުރިހާ ހައްގުތަކެއް ނާޒިމަށް ފޯރުކޮށްދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަނިލް ވިދާޅުވި ގޮތުގައި ގައުމެއްގައި މައްސަލައެއް ހިނގަމުން ދިޔަ އިރު، ހުށަހެޅިފައި ހުރި ހެކިތަކާ މެދު ގޮތެއް ނިންމުމަކީ ވޯކިން ގްރޫޕަށް ލިބިފައި އޮތް ބާރެއް ނޫނެވެ. ވޯކިން ގްރޫޕުގެ ނިންމުމުގައިވާ ގޮތުން ފުލުހުން ވަދެ، ނާޒިމްގެ އަނބިކަނބަލުންގެ އެޕާޓްމަންޓެއްގައި ފިސްތޯލައެއް ޕްލާންޓް ކުރި ކަމަށް ކަނޑައެޅި އިރު، އޭގެ އެއްވެސް ހެއްކެއް ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ވޯކިން ގްރޫޕްގެ ނިންމުމަކަށް އެކަން ވެސް އޮތީ ވެފައި. އެހެންވީމަ މިހާ ހަމަނުޖެހޭ ކަންތައްތަކެއް ހިމެނޭ ނިންމުމެއް ކަމަށް ގަބޫލުކުރެވެނީ. ވޯކިން ގްރޫޕުން ނިންމާފައި ހުރި ނިންމުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ޝަރުއީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އާ ގާނޫނުލްއުގޫބާތެއް ތައާރަފްކޮށް، ދެ ފުށް ފެންނަ ގޮތަށާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އޮތުމަށް ބޭނުންވާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން ފަށަން ތައްޔާރުވެފައި އޮތް ކަމަށެވެ. އަދި ފެށޭ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި ހެއްކާ ބެހޭ އާ ގާނޫނެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފިސްތޯލަ އެތެރެކުރާ މީހުންނަކީ އެއް ދުވަހު ހުކުމް ކުރުމަށްފަހު، އަނެއް ދުވަހު މައާފް ދޭން ޖެހޭ ބައެއް ކަމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ގަބޫލުކުރެވޭނަމަ، ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭނީ،" -އަނިލް

"މައްސަލަތައް ހުރި ކަމަށްޓަކައި ނާޒިމް ނުވަތަ ނަޝީދު ދޫކޮށްލަން ޖެހޭނަމަ، ޖަލުގައި އެއްވެސް މީހަކު ހުރެގެން ނުވާނެ. އެއީ ހަމަބުއްދި ގަބޫލު ކުރާ އެކަކަށް ވެސް ގަބޫލު ކުރެވޭ ކަމެއް ނޫން. ހުރި މައްސަލައެއް ނަމަ، އެ ކަންކަން އިސްލާހު ކުރަމުން މި ދަނީ،" އަނިލް ވިދާޅުވި އެވެ.

އަނިލް ވަނީ ގައުމީ މައްސަލަތަކެއް ހުރި ނަމަ، ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރަން ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ފުރުސަތުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފަ އެވެ. އަދި ރައްޔިތުން ރުހޭ ނަމަ، ގާނޫނުތަކަށް ބަދަލު ގެނެސްގެން ކުށްވެރިން ދޫކުރާ ގޮތަށް ބަދަލުކުރަން އޭނާ އެދިވަޑައިގެންނެވި އެވެ.

"ފިސްތޯލަ އެތެރެކުރާ މީހުންނަކީ އެއް ދުވަހު ހުކުމް ކުރުމަށް ފަހު، އަނެއް ދުވަހު މައާފް ދޭން ޖެހޭ ބައެއް ކަމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ގަބޫލުކުރެވޭ ނަމަ، ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭނީ،" އަނިލް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު އާސިމް. ގައުމީ ސިޔާދަތަށް ބުރޫ އަރާނެ ކަންކަމަށް ފުރުސަތު ހުޅުވާނުލެވޭނެ ކަމަށް އާސިމް ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ފޮރިން މިނިސްޓަރު އާސިމް. ގައުމީ ސިޔާދަތަށް ބުރޫ އަރާނެ ކަންކަމަށް ފުރުސަތު ހުޅުވާނުލެވޭނެ ކަމަށް އާސިމް ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވިދާޅުވި ގޮތުގައި ރާއްޖެއަކީ އދ.ގެ ވަރަށް ޒިންމާދާރު ގައުމެކެވެ. އަދި ރާއްޖެއަކީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ މެމްބަރުކަން ވިދިވިދިގެން ހަ އަހަރުކުރި ގައުމެއް ކަން އާސިމް ފާހަގަކުރެއްވި އެވެ.

އދ.ގެ ގުނަވަންތަކުން ކުރާ ކަންކަމަށް ރާއްޖޭން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށާއި ނަމަވެސް އެއްބާރުލުން ދިނުމަކީ ގްރޫޕުން ދޭ ލަފައާ އެއްގޮތަށް އަމަލު ކުރުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއްބާރުލުން ދިނުމަކީ ވޯކިން ގްރޫޕާއެކު މަސައްކަތް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގައުމީ ސިޔާދަތުތަކަށް ބުރޫ އަރާނެ ކަންކަމަށް ފުރުސަތު ހުޅުވާނުލެވޭނެ ކަމަށް ވެސް މިނިސްޓަރު އާސިމް ވިދާޅުވި އެވެ.

ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލައަކާއި ދެ ވަޒަން ފެނުނު މައްސަލައިގައި އޭނާގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމަށް ވޯކިން ގްރޫޕުން ދެކޮޅު ހެދި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިގައި ވެސް އެ ގްރޫޕުން ނިންމީ އެ މަނިކުފާނު ދޫކޮށްލަން ޖެހޭ ކަމަށެވެ. އެކަމަކު، އެ ނިންމުމަށް ވެސް އަމަލުކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ.