ރ. ރަސްމާދު އަކީ ގާމަތީ ރަށެކެވެ. އެހެންވެ، ރަށަށް އަރައި ފޭބުމުގެ ކަންކަމުގައި ވަރަށް ދައްޗެވެ. އެކަމަކު، މިހާރު އެއީ މާޒީ އެވެ.
15 ޖުލައި 2023
ރ. ރަސްމާދު އަކީ ގާމަތީ ރަށެކެވެ. އެހެންވެ، ރަށަށް އަރައި ފޭބުމުގެ ކަންކަމުގައި ވަރަށް ދައްޗެވެ. އެކަމަކު، މިހާރު އެއީ މާޒީ އެވެ.
ފުރާވަރުން ފެށިގެން މުޅި އުމުރުން މަސްވެރިކަމުގައި ހޭދަކުރި، އެ ރަށު ހުސެއިން ޔޫސުފް މިހާރު ހުރީ ހިތްހަމަޖެހިލައިގެންނެވެ. ރަށުގެ ބަނދަރު ހެދުމުން، މިހާރު އުމުރުން 75 އަހަރުގެ ހުސެއިން އަށް ބޮޑު ތަކުލީފެއްގެ ނިމުން އައީ އެވެ.
ހުސެއިން ކުރިން އަމިއްލަ މަސްއޮޑިއެއް ވެސް ގެންގުޅުނެވެ. އެކަމަކު، ވަރަށް ފަހުން އެ އޮޑި ވިއްކާލައިފައި ޑިންގީއެއް ގަތީ އެވެ. މިހާރު އޭނާ މަހަށް ދަނީ އޭގަ އެވެ. ގިނަ ދުވަސްދުވަހު ދަނީ ވެސް އެކަންޏެވެ.
"ދޯނި ބަދަލުކޮށްލީ މިހާރު ބޭބެމެންނަށް [މި އުމުރުގައި] ދޯނި އެހެލާ ބާލަން އުނދަގޫވާނެއެއްނުން، އެހެންވެގެން،" ހުސެއިން ބުންޏެވެ.
ހުސެއިން ބުނީ ބަނދަރު ނަހަދާއިރު އުޅެން ޖެހުނީ ވަރަށް ހާލުގައި ކަމަށެވެ. އެއް ފަހަރަކު މަހުން އައި، ގަދަ ދުވަހެއްގައި ރަށަށް ލަފަން އުޅެނިކޮށް ދޯނި ބަންޑުން ވެސް ޖަހާލި ކަމަށް އޭނާ ބުންޏެވެ.
"އޭރު ގާމަތީ ރަށެއް މިއީ. ރާޅު ބޮޑު ވީމާ، މާ ބޭރުން ރާޅު ނަގައިގެން އަންނަނީ. އެވަރު ބަލާ ނުލާ އެ ދުވަހު ގާތްކޮށްލެވުނު ބޮނޑީގައި ދޯނި ބަންޑުން ޖަހާލީ،" އޭނާ ބުންޏެވެ.
ރާޅު ބޮޑުކަމުން ރަށަށް ނުފޭބިގެން އެއް ފަހަރަކު، އެއް ދުވަސް ވަންދެން ރަށް ބޭރުގައި އޮންނަން ޖެހުނު ކަމަށް ވެސް އޭނާ ބުންޏެވެ.
"މިހާރު ވަރަށް ފަސޭހަ ބޭބެމެންނަށް، ވަރަށް ފަސޭހަ ބަނދަރު ހެދީމަ،" އޭނާ ބުންޏެވެ.
ރަސްމާދޫ ބަނދަރު ހަދަން ފަށައިފި
ރަސްމާދޫ ބަނދަރުގެ މަސައްކަތް ފަށައިފި
ފޯކައިދޫގެ ހަދާފައި އޮތް ބޭނުންނުކުރެވޭ ބަނދަރު!
މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ދޭން ބޭނުންވޭ:ރައީސް
48 މަސް ދޯންޏަކަށް 7 މިލިއަން ރުފިޔާ ޖަމާކޮށްދީފި
ބޭނުންނުކޮށް ފަޅުގައި އަޅާފައިވާ ދޯނިތައް ނަގަނީ
މިފްކޯއަށް އެންމެ ގިނައިން މަސް ކިރުވީ ޖެނުއަރީގައި
ރަސްމާދޫ އެންޓަނާ މި ފަހަރު ރައީސްގެ ސަމާލުކަމަށް!
އައިސް ލިބުން މެދުކެނޑުނު މައްސަލަ ހައްލުކުރަނީ
މަސްވެރިންގެ މަސައްކަތް ބަލައިގަތުމަކީ ވާޖިބެއް: ރައީސް