15 ޖުލައި 2023
ލަންޑަން (ޖުލައި 15) - މިއަހަރުގެ ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ސާބިއާގެ ނޮވަކް ޖޮކޮވިޗާއި ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ސްޕެއިންގެ ކާލޯސް އަލްކަރާޒް ވާދަކުރަން ޖެހިއްޖެ އެވެ.
ލަންޑަން (ޖުލައި 15) - މިއަހަރުގެ ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ސާބިއާގެ ނޮވަކް ޖޮކޮވިޗާއި ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ސްޕެއިންގެ ކާލޯސް އަލްކަރާޒް ވާދަކުރަން ޖެހިއްޖެ އެވެ.
ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް ޖޮކޮވިޗް ވަނީ އިއްޔެ ކުޅުނު ފުރަތަމަ ސެމީ ފައިނަލުގައި އިޓަލީގެ ޔަނިކް ސިނާ ބަލިކޮށްފަ އެވެ. ދުނިޔޭގެ އަށް ވަނަ އަށް ރޭންކް ކޮށްފައިވާ ސިނާއާ ދެކޮޅަށް ކުޅުނު މެޗުން ޖޮކޮވިޗް މޮޅުވީ 3-6، 6-4، 7-6 (4-7) އިންނެވެ.
ޖޮކޮވިޗް، 36، ވަނީ މީގެކުރިން ހަތް ފަހަރު ވިމްބެލްޑަން ކާމިޔާބު ކޮށްފަ އެވެ. މިފަހަރުގެ ފައިނަލާ އެކު ޖޮކޮވިޗް ވެފައިވަނީ ގްރޭންޑް ސްލޭމް މުބާރާތްތަކުގެ އެންމެ ގިނަ ފައިނަލަށް ދަތުރުކުރި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. ޖޮކޮވިޗް ގްރޭންޑް ސްލޭމްގެ 35 ފައިނަލަށް ދަތުރުކުރި އިރު ދެ ވަނައިގައި އޮތީ 34 ފައިނަލް ކުޅުނު އެމެރިކާގެ ކްރިސް އެވާޓް އެވެ.
ދެ ވަނަ ސެމީގައި އަލްކަރާޒް މޮޅުވީ ރޭންކިންގެ ތިން ވަނައިގައި އޮތް ރަޝިއާގެ ޑެނީލް މެޑްވެޑެވްއާ ވާދަކޮށެވެ. މޮޅަށް ކުޅެ އަލްކަރާޒް، 20، މެޗުގެ ސެޓުތައް ގެންދިޔައީ 3-6، 3-6، 3-6 އިންނެވެ.
ވިމްބެލްޑަންގެ ފައިނަލަށް އަލްކަރާޒް އަލަށް ދަތުރުކުރި އިރު ޖޮކޮވިޗް ފައިނަލްގައި ކުޅޭ މިއީ ނުވަ ވަނަ ފަހަރެވެ.
ޖޮކޮވިޗް ވަނީ ވިމްބެލްޑަންގެ އެންމެ ފަހުގެ ހަތަރު މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ. ޖޮކޮވިޗް 2016 އިން ފެށިގެން ވިމްބެލްޑަން މުބާރާތުގައި ފުރިހަމަކުރި އެއްވެސް މެޗަކުން ބަލިވެފައެއްނުވެ އެވެ.
އަލްކަރާޒް ވަނީ މިދިޔަ އަހަރުގެ ޔޫއެސް އޯޕެން ޓެނިސް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
"މިއީ އަހަރެން ގްރާސް ކޯޓުގައި ކުޅުނު އެންމެ މޮޅު އެއް މެޗު. އަހަރެން މިހުރީ ފައިނަލަށް ދެވުމުން ވަރަށް އުފާވެފަ" ސެމީ ފައިނަލުގެ މޮޅަށް ފަހު އަލްކަރާޒް ބުންޏެވެ.
ގްރާސް ކޯޓުގައި ޖޮކޮވިޗަކީ ބަލިކުރަން އުނދަގޫ ކުޅުންތެރިއެކެވެ. މީގެކުރިން ގްރާސް ކޯޓުގައި އަލްކަރާޒް ކުޅުނީ ތިން މުބާރާތެވެ. ސެމީ ފައިނަލުގެ ކުރިން ޖޮކޮވިޗް ބުނީ ގްރާސް ކޯޓުގައި މީގެކުރިން ހޯދާފައިވާ ކާމިޔާބީއަށް ބަލާއިރު މިފަހަރުގެ ފޭވަރިޓަކީ އޭނާ ކަމަށެވެ.
އަލްކަރާޒްގެ އަމާޒު ލެޖެންޑުންނާ ގާތަށް ޖެހިލުން
ޖޮކޮވިޗް ބަލިކޮށް އަލްކަރާޒް ވިމްބެލްޑަން ކާމިޔާބުކޮށްފި
ވިމްބެލްޑަން ފޭވަރިޓަކީ އަހަރެން: ޖޮކޮވިޗް
ޔުކްރޭނުގެ ސްވިޓަލީނާ ދުނިޔޭގެއެއްވަނަ ބަލިކޮށް ސެމީއަށް
ކާފިއުއާ ހެދި ޖޮކޮވިޗަށް މެޗު ނިންމުނީ ދެ ދުވަހުން
ވިމްބެލްޑަން: އަލްކަރާޒް އާއި ޖޮކޮވިޗް ފެށުން ރަނގަޅު
ވިމްބެލްޑަނުން ރަޝިއާ ފެންނާނެ ކަމަށް މަރޭ އުއްމީދުކުރޭ
ވިމްބެލްޑަންގެ ޗެމްޕިއަންކަން ޖޮކޮވިޗް ދިފާއު ކޮށްފި
ނޯރީ ބަލިކޮށް ޖޮކޮވިޗް އަށްވަނަ ވިމްބެލްޑަން ފައިނަލަށް
ނަޑާލްގެ ބަނޑަށް އަނިޔާވެ މުބާރާތުން ވަކިވެއްޖެ