Roadha Mihaaru

ކޮޅުފުށީގައި ގެއްލުނު ތުއްތު ކުއްޖަކު ފެނުނީ މޫދުގައި މަރުވެފައި އޮއްވައި

މ. ކޮޅުފުށީގައި ގެއްލުނު ތުއްތު ކުއްޖަކު ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ގެއްލުނު ކުއްޖަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

16 ޖުލައި 2023

މ. ކޮޅުފުށީގައި ގެއްލުނު ތުއްތު ކުއްޖަކު ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން ބުނީ އުމުރުން އެއް އަހަރުގެ ފިރިހެން ކުއްޖާ ފެނުނީ 11:38 ހާއިރު ކަމަށެވެ.

ކުއްޖާ މޫދުން ފެނިގެން ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަން ހިނގީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ.

މިދިޔަ މަހު އައްޑޫގައި ވެސް ކުއްޖަކު ގެނބިގެން މަރުވި އެވެ. އަދި މިދިޔަ މަހު ވަނީ ރިސޯޓެއްގެ ޕޫލަކަށް ގެނބިގެން ވެސް ކުއްޖަކު މަރުވެފަ އެވެ.