Roadha Mihaaru
ސްނޯކްލިންއަށް ދިޔަ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ސްނޯކްލިންއަށް ދިޔަ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

24 މެއި 2024

ކ. އަތޮޅުގެ ރިސޯޓެއްގައި ސްނޯކްލިންއަށް ދިޔަ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.

ކ. އަތޮޅުގެ ރިސޯޓެއްގައި ސްނޯކްލިންއަށް ދިޔަ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.

މިއަދު މެންދުރު ހިނގި މި ހާދިސާގައި މަރުވެފައިވަނީ ރަޝިޔާގެ ފިރިހެނެކެވެ. ފުލުހުން ބުނި ގޮތުގައި ގެނބިގެން އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

މި ހާދިސާ ހިނގީ ކޮން ރިސޯޓެއްގައި ކަމެއް ފުލުހުން ނުބުނެ އެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ގޯސްވެފައިވާއިރު، އިއްޔެ ވެސް މިފަދަ ހާދިސާއެއް ހިނގާފައިވެ އެވެ. ރިސޯޓެއްގައި ގެނބުނު ޓޫރިސްޓަކު ސަލާމަތް ކުރަން ދިޔަ ދިވެއްސަކު އެ ހާދިސާގައި ވަނީ މަރުވެފަ އެވެ.