Roadha Mihaaru

ދަތުރު ގޮސް އުޅުނު ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ

ތ. ވިލުފުށީ ކައިރީ ފަޅު ރަަށަކަށް ދަތުރު ގޮސްގެން އުޅުނު ކުޑަކުއްޖަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

ދަތުރު ގޮސް އުޅުނު ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ
މޫސާ ރަޝީދު
މޫސާ ރަޝީދު

10 އެޕްރީލް 2024

ތ. ވިލުފުށީ ކައިރީ ފަޅު ރަަށަކަށް ދަތުރު ގޮސްގެން އުޅުނު ކުޑަކުއްޖަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ފަޅުރަށަކަށް ދަތުރު ގޮސްގެން އުޅުނު ކުއްޖާ ގެނބިގެން ވިލުފުށީ ހެލްތު ސެންޓަރަށް ގެންދިޔައީ މެންދުރު 12:45 ހާއިރު ކަމަށެވެ.

އެ ކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ

އެ ހާދިސާގައި މަރުވެފައި ވަނީ 17 އަހަރުގެ އަންހެން ކުއްޖެކެވެ.