18 ޖުލައި 2023
ފްލޮރިޑާ، އެމެރިކާ (ޖުލައި 18) - ސަޕޯޓަރުންނާއި އެކު ފުރިފައި އޮތް އިންޓަ މަޔާމީގެ ސްޓޭޑިއަމްގައި، އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ލިއޮނެލް މެސީ ދައްކާލައިފި އެވެ.
ފްލޮރިޑާ، އެމެރިކާ (ޖުލައި 18) - ސަޕޯޓަރުންނާއި އެކު ފުރިފައި އޮތް އިންޓަ މަޔާމީގެ ސްޓޭޑިއަމްގައި، އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ލިއޮނެލް މެސީ ދައްކާލައިފި އެވެ.
އިންޓަ މަޔާމީގެ ވަގުތީ ސްޓޭޑިއަމް "ޑީއާރުވީ ޕީއެންކޭ" ގައި މެސީ، 36، އަށް މަރުހަބާ ކިޔުމަށް 20،000 ސަޕޯޓަރުން ދަނޑަށް ވަނެވެ. އެ ކްލަބުގެ ސްޓޭޑިއަމް ކެޕޭސިޓީއަކީ 18،000 އެވެ. އެއީ މިހާރު އެމެރިކާގެ މޭޖަ ލީގު ސޮކާގައި ކުޅޭ ޓީމުތަކުގެ ތެރެއިން އެންމެ ކުޑަ އެއް ސްޓޭޑިއަމްގެ އެވެ. މެސީ އަށް މަރުހަބާ ކިޔުމަށް އެތައް ހާސް ސަޕޯޓަރުންނެއް ބޭނުންވުމާ އެކު އިތުރަށް ވެސް ސަޕޯޓަރުން ވެއްދީ އެވެ.
ބެލޮންޑިއޯ އެވޯޑް ހަތް ފަހަރު ހޯދާފައިވާ އާޖެންޓީނާގެ ކެޕްޓަން މެސީ އަށް އިންޓަ މަޔާމީ އިން ދިނީ 10 ނަންބަރު ޖާޒީ އެވެ. އެ ކްލަބަށް މެސީ ބަދަލުވީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ.
މެސީއާ އެކު ކުރިން ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކައި ގިނަ ކާމިޔާބީތަކެއް ހޯދި ސާޖިއޯ ބުސްކެޓްސް ވެ އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ރޭ ދައްކާލި އެވެ.
ކްލަބުގެ 10 ނަންބަރު ޖާޒީ ދިން ވަގުތު، ސްޓޭޑިއަމްގައި ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ.
ޖާޒީއާ ހަވާލުވުމަށް ފަހު މެސީ ބުނީ އެހެން ކްލަބްތަކުގައި ތަކުރާރުކުރި މޮޅު ކުޅުން އިންޓަ މަޔާމީގައި ވެސް ދައްކަން ބޭނުންވާ ކަމަށެވެ.
"ކްލަބުގެ ފަރިތަކުރުންތައް ފަށަން ވަރަށް ބޭނުންވެފަ މިހުރީ. އަހަރެންގެ ހުރީ ފުޓްބޯޅައިގައި މީގެކުރިން ވެސް ހުރި ވިސްނުން. އެއީ ކްލަބް މޮޅުކޮށްދީ ކްލަބް އިތުރަށް ކުރިއަރުވަން ބޭނުންވުން" ސަޕޯޓަރުންގެ އާދަޔާހިލާފު ސަޕޯޓެއް އޮތް ދަނޑުގައި މެސީ ބުންޏެވެ.
މޭޖަ ލީގު ސޮކާގެ ކޮމިޝަނަރު ޑޮން ގާބާ ވިދާޅުވީ މެސީ ވަރުގެ ކުޅުންތެރިއަކު އެމެރިކާ އަށް ބަދަލުވުމަކީ ލީގުގެ ކުރިއެރުމަށާއި މުޅި އެމެރިކާ އަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ. މެސީ އަކީ އެމެރިކާ ލީގުގެ ކުރިއެރުމަށް އައި ބޮޑު ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކެރިއަރުގައި 21 އަހަރު ބާސެލޯނާގައި ހޭދަކުރުމަށް ފަހު މެސީ 2021 ވަނަ އަހަރު ބަަދަލުވީ ޕީއެސްޖީ އަށެވެ. މެސީ ޕީއެސްޖީ ދޫކޮށްލާނެކަން ޔަގީންވުމާ އެކު އޭނާ ގެންދިއުމަށް އެންމެ ބުރަކޮށް މަސައްކަތްކުރީ ސައުދީ ލީގުންނެވެ. އެކަމަކު ސައުދީ ލީގުގެ ބޮޑު އޮފާ އަށް ނޫނެކޭ ބުނެ މެސީ ނިންމީ އެމެރިކާ އަށް ބަދަލުވާށެވެ.
އެމްއެލްއެސް ކަޕުން މެސީގެ އިންޓަ މަޔާމީ ކަޓައިފި
މެސީއަށް ސީޒަން ނިމުނީ ފަހު މެޗުން ވެސް ބަލިވެގެން
މެސީ އެނބުރި އަޔަސް މަޔާމީ ސަލާމަތެއް ނުވި
މެސީގެ ބޮޑީގާޑަށް އަހަރަކު 3.5 މިލިއަން ޑޮލަރު
މެސީ ބަލަން ސެލްބްރިޓީން ވަދެ ސްޓޭޑިއަމް ފުރާލައިފި
މެސީ ގެނައުމަކީ ހުވަފެން ހަގީގަތަކަށްވުން: ބެކަމް
މެސީގެ ޓީމަށް ކްލަބް ވޯލްޑް ކަޕުން ފުރުސަތު ދީފި
މެސީގެ ހެޓްރިކުން އާޖެންޓީނާ އަށް ބޮޑު މޮޅެއް
މެސީ އެނބުރި އައިސް މަޔާމީ މޮޅުކޮށްދީފި
މެސީގެ ފަރާތުން ސުއަރޭޒް އަށް ޖަޒުބާތީ ވަދާއެއް