Roadha Mihaaru
މުއްދަތު އިތުރުކުރުމުން ޖޫންގެ ޓެކްސް އާމްދަނީ ދަށަށް

ޓެކްސް ދައްކަން ދިން އިތުރު މުއްދަތާ އެކު ޖޫން މަހުގެ އާމްދަނީއަށް ދަށްވުމެއް

18 ޖުލައި 2023

ޓެކްސް ދައްކަން އިތުރު މުއްދަތެއް ދިނުމުން، މިދިޔަ ޖޫން މަހުގެ ޓެކްސް އާމްދަނީ ދަށް ވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓެކްސް ދައްކަން އިތުރު މުއްދަތެއް ދިނުމުން، މިދިޔަ ޖޫން މަހުގެ ޓެކްސް އާމްދަނީ ދަށް ވެއްޖެ އެވެ.

މިދިޔަ މަހު ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނެވެ. އެއީ މިދިޔަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު 400 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މިދިޔަ އަހަރު ޖޫން މަހު ދައުލަތަށް ވަނީ 1.6 ބިލިއަން ރުފިޔާ ލިބުނެވެ.

ޓެކްސްގެ އާމްދަނީ 30 ޕަސެންޓު ދަށްވީ، އިންކަމް ޓެކްސް އާއި ޓޫރިޒަމް ލޭންޑް ރެންޓުން ލިބުނު އާމްދަނީ ދަށްވުމުން ކަމަށް މީރާއިން ބުންޏެވެ. އެއީ ޓެކްސް ދައްކަން އޮތް މުއްދަތުތައް އިތުރު ކުރުމުންނެވެ.

މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޓީޖީއެސްޓީން ލިބުނީ 266 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހަށް ވުރެ 100 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އަދި އާންމުންގެ އަތުން ނެގި ޖީއެސްޓީގެ ގޮތުގައި ލިބުނީ 207 މިލިއަން ރުފިޔާ އެވެ.

ޖޫން މަހު ލިބުނު ޓެކްސްގެ އަދަދު ދަށްވި އިރު މިދިޔަ މެއި މަހު 1.7 ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ލިބުނެވެ.

މިދިޔަ މަހު ޖެނުއަރީން ފެށިގެން އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ އަށް ޕަސެންޓަށް، އަދި ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް 16 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ. އޭގެ ކުރިން ޓީޖީއެސްޓީގެ ގޮތުގައި ނެގީ 12 ޕަސެންޓް އަދި ޖީއެސްޓީ ގޮތުގައި ނެގީ ހަ ޕަސެންޓެވެ.

ޖީއެސްޓީ ބޮޑުކުރި ފުރަތަމަ މަހު ޓެކްސްގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބުނެވެ. އޭގެ ފަހުން ހުރިހާ މަހަކު ވެސް ޓެކްސް އާމްދަނީ ދިޔައީ ދަށްވަމުންނެވެ.