Roadha Mihaaru
ހއ. އަތޮޅަށް ގިނަ މަޝްރޫއުތަކެއް

ހއ. އަތޮޅުގައި ހިންގާ ގިނަ މަޝްރޫއުތަކެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި

18 ޖުލައި 2023

ހއ. އަތޮޅުގައި ހިންގާ ގިނަ މަޝްރޫއުތަކެއްގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހއ. އަތޮޅުގައި ހިންގާ ގިނަ މަޝްރޫއުތަކެއްގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ އަތޮޅުގެ ހަތަރު ރަށެއްގައި ހިންގާ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ކޮންޓްރެކްޓަރާ އެކު ސޮއިކޮށްފަ އެވެ. އެ ހުރިހާ މަޝްރޫއެއް ހަވާލުކުރީ އެމްޓީސީސީއާ އެވެ.

އެ މަޝްރޫއުތަކަކީ؛

ހއ. ދިއްދޫ ބިން ހިއްކުން

• 89.7 މިލިއަން ރުފިޔާ.

• މަސައްކަތް ނިންމަން ދިނީ އެއް އަހަރު

ހއ. ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި ހެދުން

• 18.2 މިލިއަން ރުފިޔާ

• މަސައްކަތް ނިންމަން ދިނީ 10 މަސްދުވަސް

ހއ. ތުރާކުނު ބިން ހިއްކުން

• 164.2 މިލިއަން ރުފިޔާ.

• މަސައްކަތް ނިންމަން ދިނީ އެއް އަހަރާއި ހަތް މަސް ދުވަސް

ހއ. އުލިގަމު ބަނދަރު ބޮޑުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

• 79.8 މިލިއަން ރުފިޔާ

• މަސައްކަތް ނިންމަން ދިނީ އެއް އަހަރާއި ހަ މަސް ދުވަސް

ހއ. އަތޮޅުގައި ހިންގާ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ހއ. އަތޮޅުގައި ހިންގާ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.

ހއ. އަތޮޅުގެ ގިނަ މަޝްރޫއުތަކެއްގައި އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިނަށް މާދަމާ އެ އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުފުޅެއް ފައްޓަވާ ގޮތަށް މިހާރު އޮތީ ހަމަޖައްސަވައިފަ އެވެ.