Roadha Mihaaru
ހަތަރު ރަށަކަށް 266 މިލިއަން ރުފިޔާގެ މަޝްރޫއު

ހަތަރު ރަށެއްގައި 266 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއަށް

03 އޯގަސްޓް 2023

ހަތަރު ރަށެއްގައި 266 މިލިއަން ރުފިޔާއަށް ވުރެ ގިނަ މަޝްރޫއު ހިންގަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަތަރު ރަށެއްގައި 266 މިލިއަން ރުފިޔާއަށް ވުރެ ގިނަ މަޝްރޫއު ހިންގަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެެއްގައި، ނ. މާފަރާއި ފ. ބިލެއްދޫގެ ބިން ހިއްކުމާއި ރ. މީދު އާއި ޅ. ހިންނަވަރުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ އެއްބަސްވުންތަކުގައި، އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ޝާނާ ފާރޫގެވެ.

އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

މާފަރުން 20 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކުރީ 91،457،791ރ. އަށެވެ. އެ މަސައްކަތް ނިންމަން ދިނީ 300 ދުވަހެވެ.

ބިލެއްދޫން 9.28 ހެކްޓަރުގެ ބިން ހިއްކައި އަދި ގޮނޑުދޮށް ހިމާޔަތްކުރުމަށް 589 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް އަދި 470 މީޓަރުގެ ބޮޑު ހިލަ ވައި ގުރޯއިން ޖަހަން ދިނީ 500 ދުވަހެވެ. އެ މަޝްރޫއަށް ކަނޑައަޅާފައިވަނީ 100 މިލިއަން ރުފިޔާ އެވެ.

މީދޫގެ ބަނދަރާ އިންވެގެން 100 ފޫޓުގެ ޓީޖެޓީ، 159 މީޓަރުގެ ބޮޑުހިލަ ތޮށި، ބޭރުތޮށި، ބޮޑުހިލަ ނެރުފައިކައްޓާއެކު ނެރުބައްތި، 300 ފޫޓަށް ބަނދަރު ބޮޑުކުރުމާއެކު ވާޓަރު ގާއިމްކޮށް 172 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓާއެކު 20 މީޓަރު ގާއިމްކުރަން އެމްޓީސީސީއާ ހަވާލުކުރީ 48،399،453ރ. އަށެވެ. އެއީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިނިސްޓްރީން ބުނީ ހިންނަވަރުގައި ވެސް 270x2 މީޓަރުގެ ކޮންކްރީޓް ޖެޓީ ހެދުމާއި 244 މީޓަރު ބޭރުތޮށި ޖެހުން އަދި 51 މީޓަރުގެ ބޭރުތޮށި ރީޕްރޮފައިލް ކުރަން ޖެހޭނެ ކަމަށެވެ. ދުއިސައްތަ ހަތްދިހަ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމަން ދިނީ 26،272،738ރ. އެވެ.