Roadha Mihaaru
އޭޑީބީން ރާއްޖޭގައި 2.8 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް

އޭޑީބީން ރާއްޖޭގައި 2.8 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް

19 ޖުލައި 2023

އޭޝިއަން ޑިވަލޮޕްމެންޓް ބޭންކް (އޭޑީބީ) އިން މިވަގުތު ލޯނާއި ގްރާންޓާ އެކު ރާއްޖޭގައި 180 މިލިއަން ޑޮލަރު (2.8 ބިލިއަން ރުފިޔާ) ގެ ޕްރޮޖެކްޓް ހިންގާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޭޝިއަން ޑިވަލޮޕްމެންޓް ބޭންކް (އޭޑީބީ) އިން މިވަގުތު ލޯނާއި ގްރާންޓާ އެކު ރާއްޖޭގައި 180 މިލިއަން ޑޮލަރު (2.8 ބިލިއަން ރުފިޔާ) ގެ ޕްރޮޖެކްޓް ހިންގާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

އޭޑީބީން ޕްރޮޖެކްޓްތައް ހިންގަނީ ތިން ލޯނަކާއި ނުވަ ގްރާންޓެއްގެ ދަށުންނެވެ.

އޭޑީބީން 454 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ)ގެ ޕްރޮޖެކްޓް ރާއްޖޭގައި ހިންގާފައިވެ އެވެ.

އޭޑީބީގެ މިމަހުގެ ފެކްޓް ޝީޓުގައިވާ ގޮތުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއުއަކީ ކުނި މެނޭޖްކުރުމުގެ ޕްރޮޖެކްޓެވެ. އެ ޕްރޮޖެކްޓަށް 73 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ހޭދަކުރެ އެވެ. އޭގެ އިތުރު ހަކަތަ އުފެއްދުމުގެ ޕްރޮޖެކްޓެއް ވެސް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. ރާއްޖޭގައި އުފައްދާ ވިހަ ގޭހުގެ މިންވަރު އެ ޕްރޮޖެކްޓުގެ ދަށުން 36،000 ޓަނަށް މަދުކޮށްދޭނެ އެވެ.

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން 600 މިލިއަން ރުފިޔާގެ އެހީ ވެސް އޭޑީބީން ވަނީ ދީފަ އެވެ.

އޭޑީބީން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން މިދިޔަ އަހަރު ވަނީ 15 މިލިއަން ޑޮލަރު (225 މިލިއަން ރުފިޔާ) ދޫކޮށްފަ އެވެ. އަދި ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތަކަށް އޭޑީބީން ދޫކުރަންޖެހޭ 200 މިލިއަން ރުފިޔާ އެބަހުއްޓެވެ.

އޭޑީބީގެ މެންބަރަކަށް ރާއްޖެވީ 1978 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން މިހާތަނަށް އޭޑީބީން ވަނީ 110 ލޯނެއް ރާއްޖެއަށް ދޫކޮށްފަ އެވެ.