Roadha Mihaaru
ވެރިކަމުގެ ބޭނުމުގައި ކުރާ ކަމެއްގައި ބައިވެރިނުވާނަން

ވެރިކަން ހޯދުމަށް ކުރާ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވާނަން: ނަޝީދު

18 ޖުލައި 2023

ވެރިކަމަށްޓަކައި ކުރާ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭނެ ކަމަށާއި މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންގެ ފައިދާއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވެރިކަމަށްޓަކައި ކުރާ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭނެ ކަމަށާއި މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންގެ ފައިދާއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ދާދިފަހުން އުފެއްދި ދަ ޑިމޮކްރަޓްސްއިން މިރޭ ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެހެން ޕާޓީތަކުން ވެރިކަން ހޯދަން މަސައްކަތް ކުރާތީ އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އަދި އެފަދަ ކަމެއްގައި ބައިވެރިނުވެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދެވަނަ ދައުރެއް ހޯދަނީ ވެރިކަމުގެ ބޭނުމުގައި ކަމަށްވާ ނަމަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ވެރިކަމަށްޓަކައި ކުރާ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވެވޭނެ. ވެރިކަން އާދެ، ލިބޭނެ. އެއީ ނޫން އަމާޒަކީ. އެއްވެސް މީހެއްގެ އަމާޒަކަށް ވެގެން ނުވާނެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އަބަދު ވެރިކަން ބޭނުންވެގެން އުޅޭނަމަ އަދި ވެރިކަމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ކުރާނަމަ އެއީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނޫން ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންގެ ފައިދާއަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގަން ޖެހޭނީ ހުރިހާ ކަމެއް ތައްޔާރުވުމަށްފަހު ކަމަށާއި އެކަމަކު މިހާރު ހުރިހާ މަޝްރޫއުތައް ހިންގަނީ އަމާޒެއް ނެތި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މަޝްރޫއުތައް ހިންގަނީ އެންމެ ބޮޑު އަގުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ފެން ޕްލާންޓެއް އެއީ ހޮޅިތަކަށް ވުރެ އަގުބޮޑު އެއްޗަކަށް ވެގެނެއް ނުދޭ. އަޅުގަނޑަށް މި ފެންނަނީ ތާޖް މަހަލްއެކޭ އެއްވަރުވޭ މިއިން ކޮންމެ ފެން ޕްލާންޓެއް ވެސް." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރު ޖަވާބުދާރީކުރާ މަސައްކަތަކީ ސަރުކާރާ ދެކޮޅުވުން ކަމަށް ދެކިގެން ނުވާނެ އެވެ. ނަމަވެސް އެ ވިސްނުން އޮތީ އަދިވެސް އެގޮތަށް ކަމަށާއި އޭގެ ސަބަބުން ސަރުކާރުން ޖަވާބުދާރީ ކުރުވަން ހުރަސް އެޅޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުވެން ޖެހޭނެ. ފައިސާއަކީ ރައްޔިތުންގެ ފައިސާ ކަމުގައި ފާހަގަވާން ޖެހޭނެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޑިމޮކްރަޓްސް ޕާޓީއަކީ ރައްޔިތުންނަށް ފައިދާ ހުރި ސިޔާސަތުތަކެއް ގެންނާނެ ޕާޓީއެއް ކަމަށެވެ. އަދި އިގްތިސާދީ ފުދުންތެރިކަން ރައްޔިތުންނަށް ހޯދައިދެވެން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.